ކ. މާލެ
|
15 އޮކްޓޯބަރ 2024 | އަންގާރަ 10:55
މެޗުގައި ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ޖަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ނޭޝަންސް ލީގު
ޖަރުމަނުން ނެދަލެންޑްސް ވެސް ބަލިކޮށްފި
މޮޅާއެކު ޖަަރުމަނު އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ.

ޔުއެފާ ނޭޝަންސް ލީގު އޭގެ ގުރޫޕު ތިނެއްގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް މޮޅުވެ، ޖަރުމަނުން އެއް ވަނައިގައި ދެމި އޮވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 1-0ންނެވެ. އެއީ މެޗުގެ ދެ ވަނަ ހާފުގައި ޖެހި ލަނޑުންނެވެ. މިއީ ނޭޝަންސް ލީގު ގުރޫޕުގައި ނެދަލެންޑްސް ބަލިވި ފުރަތަމަ މެޗެވެ.

މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ޖަރުމަނުގެ ޖޭމީ ލެވަލިން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން ވެސް ޖަރުމަނުން ވަނީ މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުން ޖަރުމަނު މޮޅުވީ ދެ ވަނަ ހާފުގައި، މެޗުގެ 64 ވަނަ މިނެޓުގައި ލެވަލިން ޖެހި ލަނޑުންނެވެ. މެޗުގައި ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތުތަކެއް ނެދަލެންޑްސް އިން ވަނީ ހޯދައިފަ އެވެ. ނަަމަވެސް އެ ޓީމަށް އެ ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މޮޅާއެކު ޖަަރުމަނު އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި ނެދަލެންޑްސް އަށް ލިބެނީ ފަސް ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް