ކ. މާލެ
|
8 ސެޕްޓެންބަރ 2025 | ހޯމަ 10:15
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަަރުމަނުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން
ދެ ވަނަ މެޗުން މޮޅުވެ ޖަރުމަނަށް ހަމަ ޖެހުމެއް
މެޗަށް ފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފައި ވަނީ، ޖަރުމަނުގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް އަމާޒުވަމުން އަންނަ ފާޑު ކިޔުންތައް ބަލައި ގަންނަ ކަމަށެވެ. ސަޕޯޓަރުންގެ އިޙުސާސްތައް ޤަބޫލު ކުރެވޭކަން ފާހަގަކޮށް ނާގަލްސްމަން ބުނީ، ޓީމުގެ ފަރާތުން ސަޕޯޓަރުން ގިނަ ކަންތައްތަކެއް އުންމީދު ކުރާ ކަމަށެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޖަރުމަނުން ކުޅުނު ދެ ވަނަ މެޗުގައި ނޮދަން އަޔަލެންޑް އަތުން މޮޅުވެ ހަމަ ޖެހުމެއް ހޯދައިފި އެވެ.

ކޮލިފިކޭޝަންގައި ޖަރުމަނުގެ ފުރަތަމަ މެޗުގައި ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނުއިރު، އެ މެޗުން ޖަރުމަނު ވަނީ ބަލިވެފަ އެވެ. އެހެންކަމުން ދެ ވަނަ މެޗަށް ނިކުތްއިރު، ޖަރުމަނަށް އޮތީ މޮޅުވާން މަޖުބޫރު ޙާލަތެއްގަ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުން އެއް ލަނޑު ޖެހިއިރު، އަޔަލެންޑް އިން ވެސް މި ހާފުގައި ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. ނަމަވެސް، މެޗުގެ ދެ ވަނަ ހާފުގައި އިތުރު ދެ ލަނޑު ޖަހައިގެން ޖަރުމަނު ވަނީ މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސާޖް ގްނަބްރީ އެވެ. އޭނާ އެ ލަނޑު ޖެހީ ނިކް ވޮލްޓަމޭޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަޔަލެންޑް އިން ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރި އެވެ. އެގޮތުން މެޗުގެ 34 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، އިސާކް ޕްރައިސް އެވެ. އޭނާ އެ ލަނޑު ޖެހީ ޖަސްޓިން ޑެވެންނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޖަރުމަނުގެ ދެ ވަނަ ލަނޑު ޖަހައި، ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ނަދިއެމް އަމީރީ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ޖަރުމަނަށް ލިބުނު ހިލޭ ޖެހުމެއްގަ އެވެ. އޭގެ ތިން މިނެޓު ފަހުން ޖަރުމަނުގެ ތިން ވަނަ ލަނޑު ޖެހީ ފްލޯރިއަން ވާޓްޒް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފައި ވަނީ، ޖަރުމަނުގެ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް އަމާޒުވަމުން އަންނަ ފާޑު ކިޔުންތައް ބަލައި ގަންނަ ކަމަށެވެ. ސަޕޯޓަރުންގެ އިޙުސާސްތައް ޤަބޫލު ކުރެވޭކަން ފާހަގަކޮށް ނާގަލްސްމަން ބުނީ، ޓީމުގެ ފަރާތުން ސަޕޯޓަރުން ގިނަ ކަންތައްތަކެއް އުންމީދު ކުރާ ކަމަށެވެ.

އިތުރަށް އޭނާ ބުނީ ޖަރުމަނުން އަދިވެސް ކުރަން ޖެހޭ މަސައްކަތް ވަރަށް ބޮޑު ކަމަށާއި، އެއީ ބުރަ މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް، ނޮދަން އަޔަލެންޑް އަތުން ލިބުނު މޮޅާ އެކު ހިތްހަމަ ޖެހުމެއް އޮތް ކަމަށާއި، އުންމީދަކީ ކުރިއަށް އޮތް ތަނުގައި ވެސް ރަނގަޅު ކުޅުމެއް ދައްކައި މެޗުތައް ކާމިޔާބު ކުރުން ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ޖަރުމަނުގައި އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި، އަބަދު ވެސް އޭނާގެ އިތުބާރު ކުޅުންތެރިންނަށް އޮންނަ ކަމަށެވެ. ޖަރުމަނުން ޙާސިލު ކުރަން ބޭނުންވާ ކަންކަން ވަރަށް ސާފު ކަމަށާއި، އެކަން ޙާސިލު ކުރުމަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތް ކުރާނެ ކަމުގައި ނާގަލްސްމަން ބުންޏެވެ.

ކޮލިފިކޭޝަންގައި ޖަރުމަނަށް ދެން އޮންނާނީ ލަގްޒަމްބާގާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް