ކ. މާލެ
|
12 ޖޫން 2024 | ބުދަ 09:01
ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ
ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ
ރޮއިޓާސް
ބާސެލޯނާ
ގާޑިއޯލާ ބުނީ ބާސެލޯނާ އަށް ދިޔުމުގެ ހުރިހާ ދޮރެއް ބަންދުވެއްޖެ ކަމަށް
ސިޓީ އާއެކު އެންމެ ފަހުން ގާޑިއޯލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

އަލުން އަނބުރާ ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމުގެ ހުރިހާ ދޮރެއް ބަންދުވެއްޖެ ކަމަށް، އެ ޓީމުގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ ވަނީ 2008 އިން 2012 އަށް ބާސެލޯނާ އަށް އިރުޝާދު ދީފަ އެވެ. އެ ހަތަރު އަހަރުގެ ތެރޭގައި، ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ގިނަ ކާމިޔާބީތަކެއް ޙާސިލުކޮށްފަ އެވެ. އެ މުއްދަތުގައި ބާސެލޯނާ އިން ވަނީ 14 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އަނެއްކޮޅުން ގާޑިއޯލާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ޓްރެބަލް ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާ ދޫކޮށްލުމަށްފަހު ގާޑިއޯލާ ދެން ހަވާލުވީ ޖަރުމަނުގެ ބަޔާން މިއުނިކާ އެވެ. އެ ކުލަބުގައި ތިން އަހަރު މަސައްކަތް ކުރުމަށްފަހު، މިހާރު ގާޑިއޯލާ އިރުޝާދު ދެމުން އަންނަނީ މެންޗެސްޓަރ ސިޓީ އަށެވެ. އެ ދެ ކުލަބާއެކު ވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ގާޑިއޯލާ އަކީ ފުޓުބޯޅައި އުފެދުނު އެންމެ މޮޅު އެއް ކޯޗެވެ. ސިޓީ އާއެކު އެންމެ ފަހުން ގާޑިއޯލާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ސިޓީގެ އެއްބަސްވުން ހަމަވުމުން ގާޑިއޯލާ ވަނީ އިތުރަށް އެއްބަސްވުން އައު ނުކުރާނެ ކަމުގެ އިޝާރާތެއް ވެސް ދީފަ އެވެ. އެކަމާ ގުޅިގެން ގާޑިއޯލާގެ ކުރިމަގާމެދު އެކި ފަރާތްތަކުން އަންނަނީ ސުވާލު ކުރަމުންނެވެ. އެގޮތުން، މުސްތަޤުބަލުގައި އަލުން އެނބުރި ބާސެލޯނާ އަށް ދިޔުމުގެ އެންމެހާ ދޮރެއް ބަންދުވެޖެތޯ އެހުމުން ގާޑިއޯލާ ބުނީ، ހުރިހާ ދޮރެއް މިހާރު ބަންދުވެއްޖެ ކަމަށެވެ.

ބާސެލޯނާ އިން ވަނީ ދާދި ފަހުން އެ ޓީމުގެ ކޯޗަކަށް ހުރި ޒަވީ ހެނާންޑޭޒް މަގާމުން ވަކިކޮށްފަ އެވެ. އެއަށްފަހު ބާސެލޯނާގެ އައު ކޯޗަކަށް ހަމަޖެއްސީ ޖަރުމަނުގެ ހަންސީ ފްލިކް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް