ކ. މާލެ
|
9 އޯގަސްޓް 2017 | ބުދަ 21:55
ޝުމަން މިއާ
ޝުމަން މިއާ
ރާއްޖެއެމްވީ
އިސްމާއިލް މަރު
އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާގެ ޝަރީޢަތް މާދަމާ
އިސްމާއިލް މަރާލަފައިވަނީ ޖޫންމަހުގެ 16 ވަނަ ދުވަހު
6 ބިދޭސީން ފުލހުން ވަނީ ހައްޔަރުކޮށްފައި
ޝުމަން މިއާ އަކީ އިސްމާއިލާ އެކު އައިސްޕްލާންޓްގައި ހުރި ކޮޓަރިއެއްގައި ދިރިއުޅެމުންދިޔަ މީހެއް

ޖޫން މަހުގެ 16 ވަނަ ދުވަހު ރަހުމު ކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޅ. ހިންނަވަރު އިސްލާއީލް އުމަރު، (54އ) ގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ޝުމަން މިއާގެ ޝަރީޢަތް

ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓްގައި ތާވަލް ކޮށްފިއެވެ.

ދަޢުލަތުން ޝުމަން މިއާގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަޞްދުގައި މީހަކު މަރާލުމުގެ ދަޢުވާއެވެ.

ޝުމަން މިއާ އަކީ އިސްމާއިލާ އެކު އައިސްޕްލާންޓްގައި ހުރި ކޮޓަރިއެއްގައި ދިރިއުޅެމުންދިޔަ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ހދ. ކުޅުދުއްފުށިންނެވެ.

އިސްމާއިލަކީ އިހަވަންދޫ އައިސްޕްލާންޓްގައި މެކޭނިކެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. އެ ޕްލާންޓް ބެލެހެއްޓުމާއި ހަވާލުވެގެން ހުންނަނީ ވެސް އޭނާއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާއިލްގެ ހަށިގަނޑަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާއިރު ހަށިގަނޑުގައި ފުން ޒަޚަމްތަކެއް ފެންނަން ހުރިކަމަށާއި، އޭނާގެ ކަރުގައި ވެސް އެއްޗެއް އައްސައިފައިވާ ކަމުގެ ނިޝާންތައް ހުއްޓެވެ.

ފުލުހުން ބުނެފައި ވަނީ އިއްސެ މަރާލި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ ޖޫން މަހުގެ 16 ވަނަ ދުވަހުގެ 16:23 ހާއިރު ކަމަށާއި  އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އައިސް ޕްލާންޓަށް ދިޔައިރު އެތަނުގެ ދޮރުގައި ލޭގެ އަސަރު ހުރި ކަމަށެވެ. ފުލުހުން އައިސް ޕްލާންޓާއި އައިސް ޕްލާންޓްގެ އޮފީސް އަދި އެކޮމޮޑޭޝަން ބްލޮކް އިތުރަށް ބަލައި ފާސްކުރިއިރު، ޒަހަމްތަކާއެކު އިސްމާއީލްގެ ހަށިގަނޑު އޮތީ، އައިސް ޕްލާންޓްގެ އައިސް ޕްރޯސެސިންޓް ޔުނިޓެގް ތެރޭގައި ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް