ގާޒާގައި އިޒްރޭލުން ހިންގަމުންދާ ހަނގުރާމަ އަށް ނުރުހުން ފާޅު ކުރެއްވުމުގެ ގޮތުން ބްރެޒިލްގެ ރައީސް ލޫލާ، ބްރެޒިލް އިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޒްރޭލުން ގެންދަވައިފިއެވެ.
އިޒްރޭލްގައި ހުންނެވި ބްރެޒިލްގެ ސަފީރު ބަދަލު ކުރީ ޖެނީވާގައި ހުންނަ ބްރެޒިލްގެ މިޝަން އަށެވެ.
ބްރެޒިލްގެ ރައީސް އިނާޝިއޯ ލޫލާ ޑިސިލްވާ އަކީ ވަރަށް ފާޅުގައި އިޒްރޭލުން ފަލަސްތީނުގައި ހިންގާ އުދުވާނަށް ދެކޮޅު ހައްދަވާ އިޒްރޭލަށް ވަރަށް ހަރުކަށި އިބާރާތުން ފާޑު ވިދާޅުވާ ބޭފުޅެކެވެ.
އިޒްރޭލާއެކު އޮންނަ ގުޅުން ހީނަރު ވެފައިވާކަން ހާމަ ކުރެއްވުމުގެ ގޮތުން ރައީސް ލޫލާ ގެ މި ނިންމެވުމާއެކު އިޒްރޭލުގައި ހުންނަ ބްރެޒިލްގެ އެމްބަސީގައި ސަފީރުގެ މަގާމު އޮންނާނީ ހުސްކޮށްނެވެ.
މެއި މަހުގެ ކުރީކޮޅު ކޮލަމްބިއާގެ ރައީސް ގޮސްޓާވޯ ޕެޓްރޯ ވަނީ އެ ގައުމުން އިޒްރޭލާ އެކު ބާއްވަމުން އައި ޑިޕްލޮމެޓިކް ގުޅުން ކަނޑާލައްވާފައެވެ.
ކޮލަމްބިޔާގެ ރައީސް ގޮސްޓޯވާ އާއި ބްރެޒިލްގެ ރައީސް ލޫލާ ވެސް މީގެ ކުރިން ވަނީ އިޒްރޭލުގެ ދައުލަތް ނާޒީ ޖަރުމަނާ އެއްގޮތް ކުރައްވާ ވާހަކަ ފުޅު ދައްކަވާފައެވެ.