ކ. މާލެ
|
28 މެއި 2024 | އަންގާރަ 10:02
ފްރާންސްއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު
ފްރާންސްއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު
ސަފީރު ޖޯން-ފްރަންސުއާ އަވަހާރަވުން
ފްރާންސް އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
 
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަފީރު ޖޯން-ފްރަންސުއާގެ ޢާއިލާއާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާ ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައިވޭ

ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން-ފްރަންސުއާ ޕަކްތެތް އަވަހާރަވުމާ ގުޅިގެން ފަރަންސޭސިވިލާގެ ރައީސް އެމަނުއެލް މެކްރޮންއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ސަފީރު ޕެކްޓޭއަކީ ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ޢިއްޒަތްތެރި ޑިޕްލޮމެޓެއް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމްބެސެޑަރ ޕެކްޓޭގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމުގެ ޔަޤީންކަން ރައީސްގެ މެސެޖުގައި ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސަފީރު ޖޯން-ފްރަންސުއާގެ ޢާއިލާއާ އެޤައުމުގެ ރައްޔިތުންނަށް ދިވެހިސަރުކާރާ ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
އިންޑިއާގެ އަސްކަރީ އެއްބަސްވުންތައް ތަހުގީގު ކުރަން ބާއްވަން އުޅުނު ސަބް ކޮމިޓީގެ ބައްދަލުވުން ކުއްލިއަކަށް ކެންސަލް
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި
އެއް އަތުން އިންޑިއާ އާ ގުޅުން ބަދަހި ކުރަނީއެވެ. އަނެއް އަތުން ގުޅުމުން އުފަންވި ފައިދާތައް ވީދާ ކުދި ކުރަނީއެވެ
އިންޑިއާގެ ރައީސާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު އެދިވަޑައިގަތީ އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް