ކ. މާލެ
|
19 ނޮވެންބަރ 2024 | އަންގާރަ 08:34
ބްރޯޑްކޮމްގެ މެމްބަރުން - 2 މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވޭ
ބްރޯޑްކޮމްގެ މެމްބަރުން - 2 މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވޭ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ބްރޯޑްކޮމް މެންބަރުން
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ 18 ނޮވެމްބަރުން ފެށިގެން 26 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ހުސްވެފައިވާ ދެ މަގާމަށް މެންބަރުން ޢައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައްވާފައިވަނީ 18 ނޮވެމްބަރުން ފެށިގެން 26 ނޮވެންބަރު 2024 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޤާމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30ން މެންދުރު 12:00ށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިންޑައުންލޯޑްކުރެއްވޭނެއެވެ.

- ކޮމެންޓް