Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 13:32
ތިމާވެށީގެ ހުއްދަތައް ކުރިން ދެމުން އައި އޮފީސް ހިނގަމުން އައި ގްރީން ބިލްޑިންގ - ހައުސިންގ މިނިސްޓްރީ ގައި ރޯވި އަލިފާންގަނޑު ފެތުރި ގްރީން ބިލްޑިންގ އަނދާ ހުލިވެފައި
ތިމާވެށީގެ ހުއްދަތައް ކުރިން ދެމުން އައި އޮފީސް ހިނގަމުން އައި ގްރީން ބިލްޑިންގ - ހައުސިންގ މިނިސްޓްރީ ގައި ރޯވި އަލިފާންގަނޑު ފެތުރި ގްރީން ބިލްޑިންގ އަނދާ ހުލިވެފައި
ރާއްޖެއެމްވީ
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
އެ މިނިސްޓްރީ އިން ދޭ ހުއްދަތަކުގެ ތެރޭގައި ރިސޯޓު ބިނާ ކުރުމާއި ނަރުދަމާ ނިޒާމާއި ކަރަންޓު ނިޒާމާއި ކުނި މެނޭޖް ކުރާ ނިޒާމުތަކުގެ ހުއްދަ ފަދަ އާންމު ސަލާމަތާ ގުޅޭ އެތައް ހުއްދަ އެއް ހިމެނޭ

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާއި މަޝްރޫއުތަކާ ބެހޭ ގޮތުން ދޭން ޖެހޭ ހުއްދަތައް ތިން ދުވަހުގެ ތެރޭގައި ދިނުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓަށް ރައީސް މުއިއްޒު އަންގަވައިފި އެވެ.

ނޮމެބަރު 23 ވަނަ ދުވަހު ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޑް އޮން ކެބިނެޓް އެފެއާޒް އަހްމަދު އަލީ ހަބީބު ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާއި މަޝްރޫއުތަކާއި ގުޅޭ ގޮތުން އެ މިނިސްޓްރީން ދޭން ޖެހޭ ހުއްދަތަކާއި ކުރަން ޖެހޭ އެންމެހާ ކަންކަން ރަސްމީ 3 ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަ ނުވާނެހެން ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އިންތިޒާމު ކުރުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

ރައީސް އޮފީހުން މިހެން އެންގި އިރު އެ މިނިސްޓްރީ އަކީ އާންމު ސަލާމަތާއި ރައްކައުތެރި ކަމުގެ އިތުރުން ތިމާވެށި ރައްކައުތެރި ކުރުމުގެ ގޮތުން ހެދިފައިވާ ގާނޫނު ތަކާއި ގަވައިދުތަކާ އެއް ގޮތައް ގިނަ ބާވަތްތަކެއްގެ ކަންކަމަށް ހުއްދަ ދޭ އިދާރާ އެކެވެ. އެ ގޮތުން ރިސޯޓު ބިނާ ކުރުމުގެ ހުއްދަ އާއި، ނަރުދަމާ ނިޒާމުތަކުގެ ޑީޓެއިލްޑް ޑިޒައިން ހުއްދަ އާއި، ކަރަންޓު ވިއުގަ އާއި ކަރަންޓު އުފައްދާ ނިޒާމުތަކުގެ ހުއްދަ އާއި ކުނި މެނޭކު ކުރާ ނިޒާމުތަކުގެ ހުއްދަ ފަދަ މުހިންމު ހުއްދަތައް ހިމެނެއެވެ.

- ކޮމެންޓް