ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހުގެ 08 ވަނަ މާއްދާގައި ބުނެވިފައިވާ އުސޫލް ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮށްފައި ބޭއްވުމަކީ ގާނޫނާއި ޚިލާފުވުމެއް ކަމަށް އައްޑޫ ސީޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ގާނޫނަށް ފަހުން ގެނެވުނު އިސްލާހާއި އެކު މުވައްޒަފުން ނުނެގޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް މޭޔަރު އަލީ ނިޒާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނައިސްލާހު (ކައުންސިލްތައް ލޮކް އަޅުވަންގެނައި އިސްލާހް) ގެ 08 ވަނަ މާއްދާގައި ބުނެވިފައިވާ އުސޫލް އެ އިސްލާހް ތަސްދީގް ކުރެވޭތާ 30 ދުވަހުގެ ތެރޭގައި ގެޒެޓް ވާންޖެހޭނެކަމަށް ބުނެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެ މުއްދައްތު ފަހަނައަޅައިގެން ގޮސް 60 ދުވަހަށް ބަދަލުވެދާއިރު އެ އުސޫލް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް ކަމަށް އަލީ ނިޒާރު ވިދާޅުވި އެވެ.
އަލީ ނިޒާރު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިޔަސް އަދި އެހެން ބޭފުޅަކު ވިޔަސް ގާނޫނަށް ތަބާވާން ޖެހޭނީ އެއްމިންވަރަކަށް ކަމަށެވެ.
އައްޑޫ ސިޓީ ކައުންސިލްއަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ނުނެގި މުހިންމު މަސައްކަތް ތަކެއް ހުއްޓިފައިވާކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ މިލިއަނުން ހަރަދުކޮށް ކައުންސިލްއަށް ގަނެފައިވާ ސްވީޕަރުތައް ބޭނުންނުކުރެވި ލަސްވަމުންދަނީ ޑްރައިވަރުން ނަގަން ހުއްދަ "ނުދެއްވާތީ ކަމަށާއި އަދި އެ ކަމުގެ ސަބަބުން ކޮންޓްރެކްޓް ހަމަވެފައިވާ ގިނަމުވައްޒަފުންތަކެއްގެ ވަޒީފާތައް ވެސް ދަނީ ގެއްލެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނައިސްލާހު (ކައުންސިލްތައް ލޮކް އަޅުވަންގެނައި އިސްލާހް) ގެ 08 ވަނަ މާއްދާގައި ބުނެވިފައިވާ އުސޫލް ، އެ އިސްލާހް ތަސްދީގް ކުރެވޭތާ 30 ދުވަހުގެ ތެރޭގައި ގެޒެޓް ވާންޖެހޭނެކަމަށް ބުނެފައިވާއިރު އެ މުއްދައްތު 60 ދުވަހަށް ބަދަލުވެދާއިރު އެ އުސޫލް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް. ގާނޫނަށް އެންމެން އެއްމިންވަރަކަށް ތަބާވާން ޖެހޭނެ. އެއީ ރައީސް މުއިއްޒު ކަމުގައި ވިޔަސް އެކަން އޮންނަންޖެހޭނެގޮތް
އައްޑޫ ސިޓީ ކައުންސިލް މޭޔަރ އަލީ ނިޒާރު![]()
ކޮންޓްރެކްޓް މުއްދަތު ހަމަވެފައިވާ ގިނަ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލެމުންދާތީ ކައުންސިލްގެ ޚިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ނިޒާރު ފާހަގަކުރެއްވި އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނައިސްލާހު (ކައުންސިލްތައް ލޮކް އަޅުވަންގެނައި އިސްލާހް) ގެ 08 ވަނަ މާއްދާގައި ބުނެވިފައިވާ އުސޫލް ، އެ އިސްލާހް ތަސްދީގް ކުރެވޭތާ 30 ދުވަހުގެ ތެރޭގައި ގެޒެޓް ވާންޖެހޭނެކަމަށް ބުނެފައިވާއިރު އެ މުއްދައްތު 60 ދުވަހަށް ބަދަލުވެދާއިރު އެ… pic.twitter.com/nty9CIOIXm
— Ali Nizar (@DhekunuNizar) September 27, 2025
ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިވާގޮތަށް ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން، ރަށްރަށުގެ މިސްކިތްތަކަށް ބޭނުންވާ މުވައްޒަފުންގެ އިތުރުން، ކޮންމެހެން ބޭނުންވާ ވަރަށް ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭތީއާއި ލޭންޑް ޔޫޒް ޕްލޭންތަކަށް އަމަލުކުރަން ދަތިވާތީ ރަށްރަށުގެ ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، 18 ވަނަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.
އަދި ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަން ވެސް މިހާރު އެ ގާނޫނުގައި ވެއެވެ.
އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް ގާނޫނުގައި މިހާރު ބުނެއެވެ.