Advertisement
ކ. މާލެ
|
27 މެއި 2024 | ހޯމަ 17:28
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް
މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް
ރާއްޖެއެމްވީ
ކެޓް ޝެލްޓަރ
"ކުރިއަށް އޮތް 1-2 މަސް ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތީގައި ހުރި ބުޅާތައް ނެގުމުގެ އަމަލީ މަސައްކަތް ފެށޭނެ"
ބުޅާ ފެސިލިޓީއަށް ބުޅާގެންދިއުމަށް މާލެ ސިޓީ ކައުންސިލާއި އެން.ޖީ.އޯތަކާއި ގުޅިގެން އެކުލަވާލާފައި ވަނީ ވަރަށް ރަނގަޅު ޕްލޭނެއް ކަމަށް މިނިސްޓަރ ވިދާޅުވި
ބުޅާތަކުގެ ހައްގުގައި ވަކާލާތުކުރާ އެންޖީއޯގެ މަސައްކަތްތަކުގެ ސަބަބުން ބުޅަލަށް ލޯބި އުފެދޭ

ކުރިއަށް އޮތް 1-2 މަސް ދުވަހުގެ ތެރޭގައި މާލޭގެ މަގުމަތީގައި ހުރި ބުޅާތައް ނެގުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

ރަމީލާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވަނީ ބުޅާތަކަށް އާއްމުންގެ ފަރާތުން ލިބޭ ގޯނާ އާއި އެހެނިހެން ގޮތް ގޮތުން ބުޅަލަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ވިސްނުން އެ ވުޒާރާ އިން ގެންގުޅޭ ކަމަށެވެ. އަދި ބުޅާ މަގުމަތީގައި އުޅޭ އުޅުމުގައި ކުރާ ކަންކަމުގެ ސަބަބުންނާއި ބުޅަލުގެ ނަޖިހުގެ ސަބަބުން ދިމާވާ ކަންކަމުން ސަލާމަތް ވުމަށް ވެސް މަސައްކަތް ކުރާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. ބުޅާ ނެގުމުގެ މަސައްކަތް ކުރަން ސަރުކާރުން ވިސްނީ އެ ދެ ސަބަބާއި ހުރެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢު އަކީ ސަރުކާރުގެ ޢަމާޒުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އަމާޒެއް ކަމަށާއި އެ މަސައްކަތަށް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

Advertisement

މީގެ އިތުރުން ކެޓް ޝެލްޓަރ ޤާއިމްކުރުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ލިބިފައިވާ ބިމުގެ ވަށާފާރު ނިމި، ފުރަތަމަ ބެޗުގެ ބުޅާތައް ގެންދިއުމަށް ތައްޔާރު ވަމުންދާ ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ. އަދި އެތަނަށް ބޭނުންވާ ފެސިލިޓީތައް ހޯދާފައިވާ ކަމަށާއި އެ ތަނަށް ބޭނުންވާ ފަންނީ މީހުން ހޯދުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރާނެ ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ ބުޅާ ފެސިލިޓީއަށް ބުޅާގެންދިއުމަށް މާލެ ސިޓީ ކައުންސިލާއި އެން.ޖީ.އޯތަކާއި ގުޅިގެން އެކުލަވާލާފައި ވަނީ ވަރަށް ރަނގަޅު ޕްލޭނެއް ކަމަށް ސިފަކުރައްވާފައެވެ. އެ ފެސިލިޓީގައި ބަލިޖެހިފައިވާ ބުޅަލާއި އެހެން ބުޅާތައް ވަކިން ބެލެހެއްޓޭނެހެން ވަކިވަކި ކޮމްޕާޓްމަންޓްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ބުޅާތަކުގެ ހައްގުގައި ވަކާލާތުކުރާ އެންޖީއޯގެ މަސައްކަތްތަކުގެ ސަބަބުން ބުޅަލަށް ލޯބި އުފެދި، ބުޅާ ފެސިލިޓީ ގާއިމްކުރުމަށް އިތުރު ބާރެއް ލިބޭ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު ބުޅާ ފެސިލިޓީއަށް ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައި ވަނީ ސަލްމާން މިސްކިތް ކައިރީގައި ވެރިއަކު ނެތިފައިވާ 120 ބުޅަލެވެ. ބުޅާތައް ފެސިލިޓީ އަށް ގެންގޮސް ނިއުޓަރކުރުމުގެ އިތުރުން ސިއްޙީ ގޮތުން ބުޅަކަށް ބޭނުންވާ ފަރުވާ ދެވޭނެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖައްސާފައެވެ. މި މަސައްކަތް ކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެން މާލެ ސިޓި ކައުންސިލާއި ހަވާލުކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް