ކ. މާލެ
|
2 ނޮވެންބަރ 2024 | ހޮނިހިރު 17:20
އޮޅު ހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. މުއިއްޒު އާއި ސަރުކާރުގެ އިސް ވެރިން
އޮޅު ހިޔާ ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. މުއިއްޒު އާއި ސަރުކާރުގެ އިސް ވެރިން
ރައީސް އޮފީސް
އޮޅު ހިޔާ
މި ސަރުކާރަކީ ބަހާއި އަމަލާ ދިމާވާނެ ސަރުކާރެއް: މުއިއްޒު
މި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ވާނީ ހުރިހާ ގޮތަކުންވެސް ކައުންސިލްތައް ބާރުވެރިކުރުވަން މަސައްކަތް ކުރައްވާފައި ކަމަށް މުއިއްޒު ވިދާޅުވި

މި ސަރުކާރަކީ ބަހާ އަމަލާ ދިމާވާނެ ސަރުކާރެއް ކަމަށާއި، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރުމަށް އިސްކަންދޭ ސަރުކާރެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"އޮޅު ހިޔާ" ގެ ނަމުގައި ހުޅުމާލޭ ފޭސް 2 ގައި ހެދި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ހޮނިހިރު ދުވަހު ހަވީރު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ވާނީ ހުރިހާ ގޮތަކުންވެސް ކައުންސިލްތައް ބާރުވެރިކުރުވަން މަސައްކަތް ކުރައްވާފައި ކަމަށެވެ.

"ސަތޭކަ ފަސްދޮޅަހެއްހާ ކައުންސިލްތަކާ އަޅުގަނޑު ގޮސް ބައްދަލު ކޮށްފައި ވާނި، މީގެ ކުރީގައި ކައުންސިލްތައް މާލެ ގެންނާނި، އަޅުގަނޑު ގޮސް ބައްދަލު ކޮށް އަޅުގަނޑު އަތުން ނޯޓު ލިޔެ، ރައީސް އޮފީސް މެދުވެރިކޮށް އެކަންކަން ކަމާބެހޭ އޮފީސްތަކާއި ވުޒާރާތައް މެދުވެރިކޮށް ތަންފީޒު ކުރެމުންދަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު، ކައުންސިލުތަކުން ސަރުކާރުގެ އޮފީސްތަކަށް ފޮނުވާ ލިޔެކިޔުންތަކަށް ޖަވާބު ނުލިބޭ ކަމަށާއި، ރަށްރަށުގައި ކުރަން ފަށާފައި ހުރި މަސައްކަތްތައް ހުއްޓި އެކަންކަމުގައި ވާނުވާ ނޭނގޭ ކަމަށް ބުނެ ދާދި ފަހުންވެސް ކައުންސިލަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ނޫސް ބަޔާނެއް ނެރެފައެވެ.

މީގެ އިތުރުން ބްލޮކް ގްރާންޓުގެ ގޮތުގައި ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ބޮޑު ތަނުން މަދުކޮށް 2025 ވަނަ އަހަރު ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ މައްސަލަ ބޮޑުވެ އެއީ ސީދާ ގާނޫނާ ޚިލާފަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ބުނެ ކައުންސިލްތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ކައުންސިލުތަކާއި ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުން ފާޅުކުރުމާއެކު މިހާރު ރައީސް ވިދާޅުވަނީ ބަޖެޓު ފާސްވާއިރު އޮތް ގޮތަށް ބްލޮކް ގްރާންޓްގެ 5 ޕަސަންޓް ކައުންސިލްތަކަށް ލިބޭނެ ކަމަށެވެ.

މި ސަރުކާރަކީ އެއް ގޮތަކަށްވެސް ބަހާ އަމަލާ ދިމާ ނުވާ ސަރުކާރެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒު ވެފައިވާ މިދަނޑިވަޅުގައި، ރައީސް ގެ ވާހަކަފުޅުގައި މި ސަރުކާރަކީ ވައުދުތައް ފުއްދާނެ ސަރުކާރެއް ކަމަށާއި އަމަލާ ބަހާ ދިމާވާނެ ސަރުކާރެއް ކަމަށްވެސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ދިން ފްލެޓުތައް އަތު ނުލައްވާނެ ކަމަށާއި، ފްލެޓާ ގޯތި ސަރުކާރުން ދީފައިވާ ގޮތައް ދިން ފަރާތްތަކަށް ހަވާލު ކުރައްވާނެ ކަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދާ ދިމާ އިދިކޮޅަށް ސަރުކާރުން މަސައްކަތް ކުރާކަން ގިނަ ބަޔަކު އަންނަނީ ފާހަގަ ކުރަމުންނެވެ. އޭގެ އިތުރުން މަހުގެ އަގު ކިލޯއަކަށް 20 ރުފިޔާ އަށް ވުރެ ދަށް ނުކުރައްވާނެ ކަމަށާއި، 24 ގަޑީއިރު ތެރޭ މަހުގެ އަގު ދައްކަވާނެ ކަމަށާއި، ޑޮލަރުން މަސްވެރިންނަށް ފައިސާ ދެއްވާނެ ކަމަށް ވިދާޅުވެ ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި ވައުދާ އެއް ގޮތައް ސަރުކާރުން އަމަލު ކޮށްފައި ނުވާކަން މަސްވެރިން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ޓެކްސް ބޮޑު ނުކުރައްވާނެ ކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދާ ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ހުސްވި ހަފްތާގައި އެތައް ޓެކްސް އެއް ސަރުކާރުން ވަނީ ބޮޑުކޮށްފައެވެ.

- ކޮމެންޓް
3 ނޮވެންބަރ 2024 | އާދީއްތަ 08:20
ޅާއިބެއްޔާ
މިޔާ މީ ކޮންފަދެ ދޮގެ ހަދެނެ މީހެކެ. ރޯމާ ދެވާލެ މެންދުރެ އިރާ ފެނެނެ ފަދައިން އެގެނެ ކަންކަނ މީބު މި ސަރުކާރުގެ އެއްވެސް ވާހަކައިގެ އަމަލާއި ބަހާއި ދިމާ ނުވެނެކެން. ހުސްދޮގެ...ހުސްދޮގެ.... މިއައްޓެއި އަސާސީ މީހެނެ ގިނަ ސަރުކާރެކެ އދި މިހެއި ތަނަށް ނުވެތާ.