Advertisement
ކ. މާލެ
|
29 އޯގަސްޓް 2024 | ބުރާސްފަތި 16:35
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް
ރާއްޖެއެމްވީ
ސިޓީ ކައުންސިލްގެ މަސައްކަތްތައް
"މަސައްކަތް ކުރަމުން ދަނީ އާސަހަރާގެ މަސައްކަތް އަންނަ މަހު ނިންމާ، މާލެ ތެރޭގައި ހުރި ބުޅާތައް ކެޓް ޝެލްޓަރ އަށް ގެންދިއުމަށް"
އަންނަ މަސްތެރޭގައި އާސަހަރާގެ މަސައްކަތް ނިންމާ ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ
ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އަންނަ ހަފްތާގެ ތެރޭގައި މާލެތެރޭގައި ހުރި ބުޅާތައް ގެންދިއުމުގެ މަސައްކަތް ފެށޭތޯ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

"މަސައްކަތް ކުރަމުން ދަނީ އާސަހަރާގެ މަސައްކަތް އަންނަ މަހު ނިންމާ، މާލެ ތެރޭގައި ހުރި ބުޅާތައް ކެޓް ޝެލްޓަރ އަށް ގެންދިއުމަށް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

Advertisement

އެގޮތުން މާލެ ސިޓީ ކައުންސިލުން މިވަގުތު އެންމެ ބާރަށް ކުރަމުން ދަނީ އާސަހަރާ މިސްކިތް ނިންމުމުގެ މަސައްކަތް ކަަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. އެގޮތުން އަންނަ މަސްތެރޭގައި އާސަހަރާގެ މަސައްކަތް ނިންމާ ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކެޓް ޝެލްޓަރގެ މަސައްކަތްތަކުގެ ތަފްސީލަށް އާޒިމް ވަނީ އަލިއަޅުވާލައްވާފައެވެ. މިހާރު ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ އަންނަ ހަފްތާގެ ތެރޭގައި މާލެތެރޭގައި ހުރި ބުޅާތައް ގެންދިއުމުގެ މަސައްކަތް ފެށޭތޯ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާލެ އަށް ވިއްސާރަވުމުގެ ސަބަބުން ފާއިތުވި ދެ ހަފްތާއެއްހާ ދުވަހު ކެޓް ޝެލްޓަރގެ މަސައްކަތާއި، އާސަހަރާގެ މަސައްކަތް މަޑުޖެހުނުކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް މިހާރު އެ މަސައްކަތްތައް ބާރަށް ހިނގަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލޭގެ އާސަހަރާ މިސްކިތް އޮގަސްޓް މަހުގެ ނިޔަލަށް ނިންމާ ބޭނުންކުރެވޭނެ ކަމަށް މީގެ ކުރިންވެސް ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ދަތިތަކާއި އެކު ވެސް މި މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިއަަށް ގެންދަން މަސައްކަތްކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ކެޓް ޝެލްޓަރގެ މަސއްކަތަކީ މާލޭ ސިޓީ މޭޔަރ ކަމުގެ އިންތިޚާބުގެ ކެމްޕެއިންގައި އާޒިމް ވަައުދުވެވަޑައިގްނެވި ކަމެކެވެ. މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަހައްދަކާއި، ކްލިނިކަކާއި، ފާމަސީއާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް