ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 14:42
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ޕޮލިސް
ތޫނު ހަތިޔާރު ބޭނުންކުރުން
ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާ 15 ދުވަހަށް ބަންދު
 
އަނިޔާވެފައިވަނީ އެމީހާގެ އަތަށް ކަމަށާއި، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވޭ
 
ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައި

ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދިނުމާއި ގުޅިގެން ހައްޔަރު ކުރި ބިދޭސީ މީހާ 15 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް-1 ގައި ލަންސިމޫ މަގުގައި ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ބުދަ ދުވަހުގެ ހަވީރު ރިޕޯޓުކޮށްފައިވާ ކަމަށާއި، އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ.

އަދި އަނިޔާވެފައިވަނީ އެމީހާގެ އަތަށް ކަމަށާއި، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ބިދޭސީ މީހާ ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް