Advertisement
ކ. މާލެ
|
31 އޮކްޓޯބަރ 2025 | ހުކުރު 08:38
ސިނގިރެޓު ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި މީހުން
ސިނގިރެޓު ވައްކަމުގެ މައްސަލައިގައި ހައްޔަރުކުރި މީހުން
ރާއްޖެއެމްވީ
ސިނގިރެޓް ވައްކަން
13 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި ހިމެނޭ އާއްޓެ އާއި މުއާޒު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެޕޯލޯގެ ހިއްސާދާރު މުހައްމަދު ވަހީދު (ދިގަލި) ވެސް މީގެ ކުރިން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި
އާރިފްގެ އިތުރުން ދެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން އަމުރުކުރީ މުއާޒު، ޒިވާރު، ފިރުޝާން އަދި އާދަމް ވަހީދު

13 މިލިއަން ސިނގިރެޓް ވަގަށް ނެގި މައްސަލައިގައި ހިމެނޭ އަހުމަދު އާރިފް (އާއްޓެ) އާއި މިފްކޯގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ މުއާޒު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެއަރޕޯޓުގެ އައު ޓާމިނަލް ހަދަމުން ދިޔަ ބިއްލާދީން ގްރޫޕުގެ ނަމުގައި ވަގަށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި 40 ފޫޓުގެ 2 ކޮންޓެއިނަރ ސިނގިރޭޓު ވަގަށް ނެގި މައްސަލައައިގައި ޖުމްލަ 9 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. 40 ފުޓޫގެ 2 ކޮންޓެއިނަރު ވަގަށް ނެގީ އެމްޕީއެލް ހުޅުމާލެ ޕޯޓުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ

  1. އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)
  2. ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)
  3. ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް
  4. ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް މުއާޒް އަލީ
  5. ވައްކަން "ކާމިޔާބުކުރަން" އެހީވި ކަމަށް ތުހުމަތުކުރާ ހަސަން އަބްދުއްރަހްމާން
  6. ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު
  7. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ޝަމީމް
  8. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ފިރުޝާން
  9. އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ހުސައިން ސާމިހް

ހައްޔަރު ކުރި މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވަނީ އެޕޯލޯ ކުންފުނީގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)، ލޮޓަސް ފިހާރަތަކުގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ), ހުޅުމާލެ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް, މިފްކޯގެ ޖެނެރަލް މެނޭޖަރ މުއާޒް އަލީ، ވައްކަން "ކާމިޔާބުކުރަން" އެހީވި ކަމަށް ތުހުމަތުކުރާ ހަސަން އަބްދުއްރަހްމާން، ސިނގިރޭޓް ދެ ކޮންޓެއިނާ އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު އަދި އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހުމަދު ފިރުޝާން އެވެ.

ފުލުހުން ބުނީ، ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައަކީ 2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރެއްގެ ސިނގިރޭޓް ވަގަށް ނެގުމާ ގުޅިގެން 2025 އޮކްޓޯބަރު 09 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައް ކަމަށެވެ.

މި މައްސަލައާއި ގުޅިގެން 12 މީހެއްގެ ފުރުން މަނާކުރި ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ހައްޔަރު ކުރި މީހުން އޭގެ ތެރޭގައި ހިމެނޭކަމަށް ނުވަތަ ނޫން ކަމެއް އަދި މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

މި މައްސަލައާއި ގުޅިގެން އެމްޕީއެލްގެ 6 މުވައްޒަފެއް ސަސްޕެންޑް ކޮށްފައިވެ އެވެ.

ވަގަށް ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ކަސްޓަމްސް ސާވިސް އިން ހިފަހައްޓާ އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓިފައިވާ 1،360 ކޭސް (ގާާތްގަނޑަކަށް 13.6 މިލިއަން ސިނގިރޭޓް) އެވެ. މި އަދަދުގެ ސިނގިރޭޓުން ސަރުކާރަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 121 މިލިއަން ރުފިޔާ އަށް ވުރެ ގިނަ އިން ލިބެން ޖެހޭނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް