ކ. މާލެ
|
21 މެއި 2024 | އަންގާރަ 12:46
ގިރިފުށީގައި ކުރިއަށްދިޔަ ތަމްރީނެއްގެ ތެރެއިން
ގިރިފުށީގައި ކުރިއަށްދިޔަ ތަމްރީނެއްގެ ތެރެއިން
ގޫގުލް
ސިފައިން ތަމްރީނު ކުރުން
ރައިފަލް ބޭނުންކުރުމުގެ ތަމްރީނެއް ބުރާސްފަތި ދުވަހު ގިރިފުށީގައި ކުރިއަށް ގެންދާތީ ސަމާލުވުމަށް އެދިއްޖެ
ތަމްރީނު ކުރިއަށްދާނީ 2024 މޭ 23 ވަނަ ދުވަހުގެ 18:15 އިން 21:00 އަށް
ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 3000 މީޓަރު

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 2024 މޭ 23 ވަނަ ދުވަހުގެ 18:15 އިން 21:00 އަށް  ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ، މި ތަމްރީނުތަކުގައި ކ. ގިރިފުށީގެ ހުޅަނގު ދެކުނަށްވާ ވައިގެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ތަމްރީނުގައި ބޭނުންކުރާ ހަތިޔާރަކީ ރައިފަލް ކަމަށެވެ.

Advertisement

އަދި ތަމްރީނުގެ ބޭނުމަށް ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 3000 މީޓަރު ކަމަށާއި، އެންމެ އުސްމިނަކީ 300 މީޓަރުކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް