ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 10:00 ހާއިރު، ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކައި މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ދިވެހި 3 ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެމީހުންނެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އަދި އެ މީހުން ހައްޔަރު ކުރުމުގައި އަމަލުކުރި ގޮތާއިމެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކަން ބަލަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
