ކ. މާލެ
|
12 މެއި 2024 | އާދީއްތަ 08:03
ެމެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ެމެޗުގައި ލަނޑު ޖެހުމަށްފަހު އަލް ޙިލާލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޓްވިޓަރ
ސައުދީ ޕްރޯ ލީގު
19 ވަނަ ފަހަރަށް، އަލް ޙިލާލުން ސައުދީ ލީގު ކާމިޔާބުކޮށްފި
މިއީ އެ ކުލަބުން ކާމިޔާބު ކުރި 68 ވަނަ ތަށި

އަލް ޙިލާލުން ސައުދީ ޕްރޯ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މި ސީޒަންގެ ސައުދީ ލީގުގައި މޮޅު ކުުޅުމެއް ދައްކަމުން އައި އަލް ޙިލާލުން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ ހޮނިހިރު ދުވަހުގެ ރޭ އަލް ހަޒްމާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްގެންނެވެ. އަލް ޙިލާލުން އެ މެޗު ކާމިޔާބު ކުރީ 4-1 އިންނެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި އެލެކްސެންޑާ މިޓްރޮވިޗް ވަނީ ލަނޑު ޖަހައި އަލް ޙިލާލަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފުގެ34 ވަނަ މިނެޓުގައި ފާއިޒް ސަލްމާނީ ވަނީ ލަނޑު ޖަހައި އަލް ހަޒްމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަސް މިނެޓު ފަހުން، ދެ ވަނަ ފަހަރަށް އަލް ޙިލާލަށް ލީޑު ލިބުނީ އަލް ހަޒްމުގެ އަޙުމަދު އަލް ޖުވައިދު އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މެޗުގައި އަލް ޙިލާލްގެ ތިން ވަނަ ލަނޑު މިޓްރޮވިޗް ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އޭގެ އިރުކޮޅެއް ފަހުން ސާޖެޖް މިލިންކޮވިޗް ސަވިޗް ވަނީ އަލް ޙިލާލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މި މެޗުން މޮޅުވުމާއެކު، އަލް ޙިލާލަށް ވަނީ މި ސީޒަންގެ ސައުދީ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވެފަ އެވެ.

މިއީ އަލް ޙިލާލުން، އެ ކުލަބުގެ ތާރީޚުގައި 19 ވަނަ ފަހަރަށް ސައުދީ ލީގު ކާމިޔާބު ކުރި ފަހަރެވެ. މިއީ އެ ކުލަބުން ކާމިޔާބު ކުރި 68 ވަނަ ތައްޓެވެ. ލީގު ތާވަލްގެ އެއް ވަނައިގައި އަލް ޙިލާލް އޮތީ 31 މެޗުން 89 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އަލް ނަޞްރަށް ލިބެނީ 77 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް