ކ. މާލެ
|
22 ޖެނުއަރީ 2025 | ބުދަ 09:45
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
ރޮނާލްޑޯގެ ދެ ލަނޑާ އެކު އަލް ނަޞްރު މޮޅުވެއްޖެ
މޮޅާއެކު އަލް ނަޞްރު ތިން ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 32 ޕޮއިންޓާ އެކު އެވެ.

ސައުދީ ޕްރޯ ލީގުގައި އަލް ޚަލީޖާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން ލީގު ތާވަލްގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ އަލް ޚަލީޖާ ދެކޮޅަށް ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އަލް ނަޞްރަށް ލީޑު ނަގައިދިނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި އަލް ޚަލީޖަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކޮސްޓާސް ފޯޓޮނިސް އެވެ. އޭގެ މިނެޓެއް ފަހުން އަލް ނަޞްރަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ސުލްތާން އަލް ޣަންނާމް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލް ނަޞްރުގެ ތިން ވަނަ ލަނޑު ޖެހީ ރޮނާލްޑޯ އެވެ.

މޮޅާއެކު އަލް ނަޞްރު ތިން ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 16 މެޗުން 32 ޕޮއިންޓާ އެކު އެވެ. އަލް ނަޞްރަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ވަަނައިގައި އަލް ޤަދްސިއްޔާ އަށް ލިބެނީ 31 ޕޮއިންޓެވެ. ލީގުގައި ދެން އެ ޓީމު ކުޅޭ މެޗުން މޮޅުވެ، ތިން ވަނަ އަށް ޖެހިލުމުގެ ފުރުސަތު ޤަދްސިއްޔާ އަށް އޮންނާނެ އެވެ.

- ކޮމެންޓް