ކ. މާލެ
|
11 މެއި 2024 | ހޮނިހިރު 08:33
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އިއްތިފާގުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އަލް އިއްތިފާގުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ޓްވިޓަރ
ސައުދީ ޕްރޯ ލީގު
އަލް އިއްތިހާދުގެ މައްޗަށް އަލް އިއްތިފާގުން ކުރި ހޯދައިފި
ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް އިއްތިފާގުން ކާމިޔާބު ކުރީ 5-0 ގެ ބޮޑު ތަފާތަކުން

ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުން, އަލް އިއްތިފާގު މޮޅުވެއްޖެ އެވެ.

ލީގުގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް އިއްތިފާގުން ކާމިޔާބު ކުރީ 5-0 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް އިއްތިފާގުން ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އަނެއް ލަނޑު އެ ޓީމުން ޖެހީ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ސެކޯ ފޮފާނާ އެވެ. އޭގެ ފަހުން ފުރަތަަމަ ހާފުގެ 31 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މޫސާ ޑެމްބެލޭ އެވެ. އޭނާ އެ ލަނޑު ޖެހީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ. އޭގެ ހަތަރު މިނެޓު ފަހުން ކާލް ޓޮކޯ އަކަމްބީ ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު ވެސް ޖެހީ އޭނާ އެވެ. ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އަކަމްބީ ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހައި, އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ.

މޮޅާއެކު އަލް އިއްތިފާގު ވަނީ ލީގު ތާވަލްގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ މިހާތަނަށް ކުޅުނު 31 މެޗުން 44 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ފަސް ވަަނައިގައި އަލް އިއްތިހާދަށް ލިބެނީ 50 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް