ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 00:42
ޕްރައިވެޓް ދަރިވަރުން އިމްތިހާނު ހެދުމަށް ހަމަޖެހިފައިވާ އިއްޒުއްދީން ސްކޫލް
ޕްރައިވެޓް ދަރިވަރުން އިމްތިހާނު ހެދުމަށް ހަމަޖެހިފައިވާ އިއްޒުއްދީން ސްކޫލް
އަވަސް
ޖީސީއީ އޯ ލެވެލް އިމްތިހާނު
ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު ހޯލު ބަދަލުކުރުމުން ބެލެނިވެރިންގެ ކަންބޮޑުވުން
 
ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައި އޮތީ އިއްޒުއްދީން ސްކޫލް

މިހާރު ކުރިއަށްދާ ޖީސީއީ އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު ހޯލު ބަދަލު ކުރުމުން، ދަރިވަރުންގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ އޭޕްރީލް މަހު ފެށި އިމްތިހާނުގައި ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައި އޮތީ އިއްޒުއްދީން ސްކޫލް އެވެ. ސްޓޭޓްމަންޓް އޮފް އެންޓްރީ އާއެކު ދެވިފައިވާ ޓައިމް ޓޭބަލްގައި ވެސް އޮތީ އިއްޒުއްދީން ހޯލް އެވެ.

ދަރިވަރުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީގައި ބަޔާންކޮށްފައިވާ ގޮތުން، ޖޫން މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އިމްތިހާނު ކުރިއަށް ދާނީ ޢަރަބިއްޔާ ސްކޫލްގަ އެވެ. 

އެހެން ނަމަވެސް، ބުދަ ދުވަހު ކުރިއަށް ދިޔަ އިނގިރޭސި އިމްތިހާނަށްފަހު، ދަރިވަރުންގެ އިމްތިހާނު މަރުކަޒު ބަދަލު ކޮށްފައިވާ ކަމަށް ވަނީ އަންގައިފަ އެވެ. އެގޮތުން ބުރާސްފަތި (09 މެއި) ދުވަހުން ފެށިގެން 29 މެއި ވާ ބުދަ ދުވަހާ ހަމައަށް، ޕްރައިވެޓް ދަރިވަރުންގެ އިމްތިހާނު ހޯލަކީ، ހުޅުމާލޭގައި ހުންނަ ކާމިލް ދީދީ ޕްރީ ސްކޫލް ކަމަށް ވަނީ އަންގައިފަ އެވެ. ކުއްލި އަކަށް ގެނައި މި ބަދަލާއެކު، ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި ނޫހާ ވާހަކަ ދެއްކި ބެލެނިވެރިން ބުނީ، އިންޓަރނޭޝަނަލް އިމްތިހާނެއްގެ އިމްތިހާނު ހޯލު އޮތީ މާކުރިން ހަމަޖައްސާފައި ކަމަށާއި، ދަރިވަރުންނަށް ދީފައިވާ ސްޓޭޓްމަންޓް އޮފް އެންޓްރީގައި ވެސް އިމްތިހާނު މަރުކަޒުގެ މައުލޫމާތު ހިމަނާފައިވާ ކަމަށެވެ.

އެ ބެލެނިވެރިން ޤަބޫލު ކުރާ ގޮތުގައި އިންޓަރނޭޝަނަލް އިމްތިހާނެއްގެ މަރުކަޒު މިގޮތަށް ބަދަލު ކުރުމަކީ ދަރިވަރުންނަށް ނަފްސާނީ ގޮތުން ނުރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެކެވެ. އަދި ބެެލެނިވެރިންނަށް ވެސް އެކަމުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމެކެވެ. 

އެހެންކަމުން މި ބަދަލަކީ، އެކަށީގެންވާ ސަބަބެއް އޮވެގެން މެނުވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް ގެނެވިގެންވާނެ ބަދަލެއް ނޫން ކަމަށް ވެސް އެ ބެލެނިވެރިން ބުނެ އެވެ. 

އެކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބައެއް ބެލެނިވެރިން ގާތު ބުނެފައި ވަނީ، އެ ބަދަލީ ހޫނު ގަދަވުމުގެ ސަބަބުން ގެނައި ބަދަލެއް ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
50%
0%
50%
ކޮމެންޓް