ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 11:58
އިމްތިހާނުގެ ތެރެއިން
އިމްތިހާނުގެ ތެރެއިން
މިހާރު
އޯލެވެލްގެ ނަތީޖާ ދޫކުރުން
އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
ސެންޓަރތަކުން ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެދަރިވަރަކު އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށް
ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ މިމަހުގެ 31ގެ 12:00ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ

މިދިޔަ މެއި/ޖޫން މަހު ބޭއްވި އޯލެވެލް އިމްތިހާނުގެ ނަތީޖާ ބުދަ ދުވަހުން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނެފިއެވެ.

ޑީޕީއީ އިން ބުނީ 2023 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުނު ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު އެ ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކުދިންގެ ނަތީޖާ (ޕްރޮވިޝަނަލް ރިޒަލްޓްސް) ދޫކުރުން 2023 އޮގަސްޓް 16 ވާ ބުދަ ދުވަހު 12:00 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. ނަތީޖާ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:30 އަށް ކަމަށެވެ.

އެ ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިހާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާނަމަ، އެކަމަށް އެދޭ ފޯމު (ސާރވިސް ރިކުއެސްޓް ފޯރމް) ފުރިހަމަ ކުރުމަށްފަހު 2023 އޮގަސްޓް 31 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ. ސާރވިސް ރިކުއެސްޓް ފޯމް ޑީޕީއީގެ ކައުންޓަރުންނާއި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ފުރާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށް ކަމަށް ޑީޕީއީ އިން ބުނެއެވެ.

މީގެ އިތުރުން ޑީޕީއީ އިން ބުނީ ސެންޓަރުތަކުން ބައިވެރިވި ދަރިވަރުން ރީޗެކަށް އެދި ހުށަހަޅާނީ އެދަރިވަރަކު އިމްތިހާނުގައި ބައިވެރިވި ސެންޓަރަކަށެވެ.

ނަތީޖާ އަދި ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30ން 13:30 އަށެވެ. ފޯމު ހުށަހަޅާއިރު އިމްތިހާނުގެ ވަގުތީ ނަތީޖާ ސްލިޕްގެ ކޮޕީއަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެނައުމަށް ވަނީ އެދިފައެވެ.

އޯލެވެލް އިމްތިހާނުގައި މި އަހަރު 6،106 ދަރިވަރުން ބައިވެރިވެފައިވެއެވެ.

- ކޮމެންޓް