ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 22:23
ނ. ލަންދޫ ކައުންސިލް ބައި-އިލެކްޝަން
ނ. ލަންދޫ ކައުންސިލް ބައި-އިލެކްޝަން
އިލެކްޝަންސް ކޮމިޝަން
ބައި-އިލެކްޝަން
4 ކައުންސިލެއްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފި
 
ދަ ޑިމޮކްރެޓްސްއިން ވަނީ މަޑުއްވަރީ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކޮށްފައި
 
އިދިކޮޅު މައިޕާޓީ އެމްޑީޕީއަށް ކާމިޔާބުކުރެވުނީ ދެ ބައި-އިލެކްޝަން

ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ބައި-އިލެކްޝަންތަކުގެ ތެރެއިން 4 ކައުންސިލެއްގެ ބައި-އިލެކްޝަން ޕީއެންސީން ކާމިޔާބުކޮށްފިއެވެ.

ހޮނިހިރު ދުވަހު 6 ކައުންސިލެއްގެ ބައި އިލެކްޝަން ވަނީ ބާއްވާފައެވެ. އެއީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސާއި ހއ. އުތީމާއި، ނ. ލަންދޫއާއި، ނ. ވެލިދޫ ކައުންސިލްގެ މެންބަރުގެ އިތުރުން ހއ. ތަކަންދޫއާއި، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަނެވެ.

މި ބައި-އިލެކްޝަންތަކުގެ ތެރެއިން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ވަނީ ހއ. އުތީމް، ހއ. ތަކަންދޫ، ރ. އިންނަމާދޫ އަދި ނ. ވެލިދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބުކޮށްފައެވެ.

ނ. ލަންދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބު ކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީންނެވެ. އަދި މ. މަޑުއްވަރީ ކައުންސިލްގެ ރައީސްގެ ބައި-އިލެކްޝަން ކާމިޔާބުކުރީ ޑިމޮކްރެޓްސްއިންނެވެ.

ބައި- އިލެކްޝަން ކާމިޔާބުކުރި ކެންޑިޑޭޓުން:

ހއ. އުތީމް - ޕީއެންސީގެ ކެންޑިޑޭޓް، އިބްރާހިމް ސުނާން

ހއ. ތަކަންދޫ، ޕީއެންސީގެ ކެންޑިޑޭޓް، ސަމީނާ މުހައްމަދު

ރ. އިންނަމާދޫ - ޕީއެންސީގެ ކެންޑިޑޭޓް، އައިޝަތު ސަމާހާ

ނ. ވެލިދޫ - ޕީއެންސީގެ ކެންޑިޑޭޓް، އަބްދުﷲ އަބްދުއްރައްޒާގު

މ. މަޑުއްވަރީ - ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، މުހައްމަދު އާޒިމް އަލީ (ޓޮޓީ)

ނ. ލަންދޫ - އެމްޑީޕީގެ ކެންޑިޑޭޓް، އަބްދުﷲ އާރިފް

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް