ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 18:29
އަވަހާރަވި ޝައިހު ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން
އަވަހާރަވި ޝައިހު ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން
ރާއްޖެއެމްވީ
ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން
ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
 
ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ އަދި ޔޫއޭއީ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވީ ބުދަ ދުވަހު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވީ، އަލްއައިން ސަރަހައްދުގައި ވެރިޔާގެ މަންދޫބު ޝެއިޚް ތަހުނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެންނެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް އަދި އަބޫދާބީގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނަށް ތައުޒިޔާ ވިދާޅުވެ ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ މި ހިތާމަވެރި ދަނޑިވަޅުގައި އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާއަށް ހިތުގެ އަޑިން ހަމްދަރުދީ ފާޅުކުރައްވާފައެވެ.

އަދި މި ގެއްލުން ތަހައްމަލުކުރުމުގައި ހިތްވަރުކުރެއްވުމަށް އެދިވަޑައިގެން ޝެއިޚް ތަހުނޫން ބިން މުހައްމަދު އަލް ނަހްޔާންގެ އުފާވެރި ހަނދާންތަކުން މި ދަތި ދުވަސްވަރު ޔޫއޭއީގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ޝާހީ އާއިލާއަށް ތަސައްލީއެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޝައިޚް ތަހުނޫން ބިން މުޙައްމަދު އަލް ނަޙްޔާންގެ ތަރިކައާއި، ލީޑަޝިޕާއި، އޯގާތެރިކަމާއި، ޚިދުމަތް ޔޫއޭއީން ޝައްކެއްވެސްނެތްގޮތުގައި ހަނދާން ހުންނާނެ ކަމުގެ އުންމީދު ރައީސް ފާޅުކުރެއްވިއެވެ.

އެމަނިކުފާނު މެސެޖް ނިންމަވާލެއްވީ، ޝައިޚް ތަހުނޫން ބިން މުޙައްމަދު އަލް ނަޙްޔާންގެ ހެޔޮ ޢަމަލުތައް ޤަބޫލުކުރެއްވުމަށާއި، ޖަންނަތުގެ އެންމެ މަތީ ދަރަޖަތައް ލިބިވަޑައިގަތުމަށް އެދި، މާތްﷲ އަށް ދުޢާ ދަންނަވަމުންނެވެ.

ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ އަދި ޔޫއޭއީ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވީ ބުދަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް