ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 10:29
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް
ގޫގުލް
ބުރޫނޯ ފެނާންޑޭޒް
ޔޫރޯ އަށް ފަހު ފެނާންޑޭޒް ޔުނައިޓެޑް ދޫކޮށްލަނީ
 
ޗީފް ފައިނޭންޝަލް ކޮންޓްރޯލަރާއި އިންޓަރިމް ސީއީއޯ ކުލަބުން ވަކިކުރަނީ

ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ޖޫން މަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު މެންޗެސްޓާ ޔުނައިޓެޑަށް ނުކުޅެން ވިސްނާނެ ކަމަށް އޭނާ ބުނެފި އެވެ.

ޔުނައިޓެޑް ދޫކޮށް ދިއުމުގެ ހިޔާލު ގެންގުޅޭކަން ފުރަތަމަ ފަހަރަށް އޭނާ ފާހަގަ ކުރީ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް އަންނަ ސީޒަނުގައި ތިބެވޭނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ނުދޭތީ އެވެ. ޔުނައިޓެޑް ހިންގުމާ ޖިމް ރަޓްކްލިފޭ ހަވާލުވި ފަހުން ދަނީ ކުލަބަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މީގެ ތެރޭގައި ހަރަދު ކުޑަކުރުމާއި ޔުނައިޓެޑްގެ އިސްވެރިންގެ ބަދަލު ގެނައުމާއި، ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ވެސް ބަދަލު ކުރުން ހިމެނެ އެވެ.

މި ގޮތުން އެންމެ ފަހުން ނިންމާފައިވަނީ ޗީފް ފައިނޭންޝަލް ކޮންޓްރޯލަރާއި އިންޓަރިމް ސީއީއޯ ވެސް މި ސީޒަނަށް ފަހު ކުލަބުން ވަކިކޮށްލާށެވެ. މީގެ އިތުރުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގަ ނުލިބޭނަމަ ކޯޗު އެރިކް ޓެންހަގަށް ފުރުސަތު ދިނުމާމެދު ވެސް ވަކި ގޮތެއް ނުނިންމަ އެވެ.

ޕޯޗުގަލްގެ މިޑްފީލްޑަރު ފެނާންޑޭޒް ބުނީ އޭނާ ކުލަބުގައި ހުންނަން އެދޭ ފަދައިން ކުލަބުން އެގޮތަށް ވިސްނާނެ ކަމަށް އުއްމީދުކުރާ ކަމަށާއި ކުރިއަށް ދެވޭނީ ދެ ފަރާތުން އެއް ވިސްނުމެއް ގެންގުޅެގެން ކަމަށެވެ.

އަހަރެން ނިންމާ ގޮތެއް އެނގޭނީ ޔޫރޯ އަށް ފަހު. މިވަގުތު ދިއުމުގެ ވިސްނުމެއްނެތް. ކުލަބަށް އެފްއޭކަޕް ކާމިޔާބުކޮށްދީ ޔޫރަޕުގެ މުބާރާތްތަކުން ޖާގަ ހޯދުން ފިޔަވައި އެހެން ވިސްނުމެއްނެތް. އެކަމަކު ކުރިމަގާމެދު ޔޫރޯ އަށް ފަހު ގޮތެއް ނިންމަން އަހަރެން ވެސް ބޭނުން
ފެނާންޑޭޒް

އޭނާ ބުނީ ކުޅުންތެރިއަކު އަބަދުވެސް ވިސްނާނީ ކުރިއަރައި ދެވޭނެ ރަނގަޅު ތަނެއްގައި ހުރުމަށް ކަމަށާއި އެކަމަށް ފުރުސަތު ނެތްކަމަށް ހީވެއްޖެނަމަ ވިސްނުން ބަދަލުކުރަން ޖެހޭނެ ކަމަށެވެ.

ފެނާންޑޭޒް ވަނީ މި ސީޒަނުގައި 45 މެޗުން 15 ގޯލު ޖަހައިދީފަ އެވެ. މި ސީޒަނުގައި ޓީމުގެ އެންމެ ވިދުންގަދަ ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް