ކ. މާލެ
|
24 އޭޕްރިލް 2024 | ބުދަ 17:01
އިސްރާއީލުގެ ހަމަލާތަކުގައި ހަލާކުވި މީހުން ދިރިއުޅޭ އިމާރާތެއްގެ ކުނިތަކުތެރޭގައި ފަލަސްތީނު މީހުން މަޑުކޮށްލައިގެން
އިސްރާއީލުގެ ހަމަލާތަކުގައި ހަލާކުވި މީހުން ދިރިއުޅޭ އިމާރާތެއްގެ ކުނިތަކުތެރޭގައި ފަލަސްތީނު މީހުން މަޑުކޮށްލައިގެން
ރޮއިޓާސް
ޣައްޒާ ހަނގުރާމަ
އިޒްރޭލުން ދިން ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 34،183 އަށް އަރައިފި
 
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން ޣައްޒާގެ 32 މީހަކުވަނީ ޝަހީދުކޮށްލައިފައި

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭންފެށިތާ 200 ދުވަސްވެފައިވާއިރު، އެހަމަލާތަކުގައި ފަލަސްތީނުގެ 34،183 މީހުން މިހާތަނަށް ޝަހީދުވެފައިވާ އެންކްލޭވްގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އަދި މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ހިނގަމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 77،143 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އާއިލާތަކާ ދެކޮޅަށް ހިންގި ތިން ހަމަލާގައި 32 މީހުން މަރުވެ، ހޮސްޕިޓަލްތަކަށް ދިޔަ 59 މީހުން ޒަޚަމްވެފައިވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އަދި ވެސް އެތައް ބަޔަކު ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށާއި މަގުތަކުގައި މީހުން ސަލާމަތްކުރާ މީހުންނަށް އެ މީހުންނާ ހަމައަށް ވާސިލް ނުވެވޭ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ބޯޑަރު ހުރަސްކޮށް ދިން ހަމަލާގައި ގާތްގަނޑަކަށް 1،200 އެއްހާ މީހުން މަރުވި ކަމަށް ތެލް އަވީވް އިން ބުނެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އާބާދީގެ 85 އިންސައްތަ މީހުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހަށް ޖެހިފައިވާއިރު، އެންކްލޭވްގެ އިންފްރާސްޓްރަކްޗާގެ 60 އިންސައްތަ އަށް ވުރެ ގިނަ ތަންތަން ހަލާކުވެ ނުވަތަ ބޭނުން ނުކުރެވޭވަރުވެފައިވާ ކަމަށް އދއިން ބުނެއެވެ.

ބައިނަލްއަގްވާމީ ކޯޓް އޮފް ޖަސްޓިސްގައި އިޒްރޭލުގެ މައްޗަށް ވަނީ ޖަރީމާހިންގުމުގެ ތުހުމަތުކޮށްފަ އެވެ. މިދިޔަ ޖެނުއަރީ މަހު ނެރުނު ވަގުތީ ހުކުމެއްގައި ވަނީ ޣައްޒާގައި ދިރިއުޅޭ އާންމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޖިނާއީ ޖަރީމާތައް ހުއްޓާލައި ފިޔަވަޅުތައް އެޅުމަށް ތެލްއަވީވްއަށް އަންގާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް