Advertisement
ކ. މާލެ
|
13 ނޮވެންބަރ 2025 | ބުރާސްފަތި 13:08
ޖީ7 ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ފަހު ނޮވެމްބަރު 12، 2025 ގައި އޮންޓޭރިއޯގެ ހެމިލްޓަންގެ ޖޯން ސީ މުންރޯ ހެމިލްޓަން އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވާހަކަ ދައްކަވަނީ.
ޖީ7 ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަށް ފަހު ނޮވެމްބަރު 12، 2025 ގައި އޮންޓޭރިއޯގެ ހެމިލްޓަންގެ ޖޯން ސީ މުންރޯ ހެމިލްޓަން އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވާހަކަ ދައްކަވަނީ.
އޭއެފްޕީ
ޣައްޒާ
ޣައްޒާ އަށް ބައިނަލް އަގްވާމީ ފައުޖެއް ފޮނުވުމަށް އެމެރިކާ އިން ސަލާމަތީ މަޖިލިހަށް ހުށަހެޅި ގަރާރު ފާސް ވާނެ ކަމަށް ޚާރިޖީ ވަޒީރު ރޫބިއޯ ވިދާޅުވެއްޖެ
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި ހަމާސް ސައިޑްލައިން ކުރުމަށް މި ބައިނަލްއަގުވާމީ ބާރު ޑިޕްލޯއި ކުރުން މުހިންމު ކަމަށް ރޫބިއޯ ފާހަގަ ކުރެއްވި.

ޣައްޒާ ގައި ބައިނަލް އަގްވާމީ ސުލްހަ ބަލަހައްޓާ ފައުޖެއް ބޭތިއްބުމަށް އދ ގެ ސަލާމަތީ މަޖިލިހަށް ހުށަހަޅާ ގަރާރު ފާސް ވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ މާކޯ ރޫބިއޯ ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.

ކެނެޑާ ގައި ޖީ7 ގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ފަހު ރޫބިއޯ ނޫސްވެރިންނަށް ވިދާޅުވީ "އެކަން ހިނގާނެ ކަމަށް އުއްމީދު ކުރާ" ކަމަށެވެ.

އޭނާ ވިދާޅުވީ ގަރާރުގެ މަސައްކަތައް ރަނގަޅު ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ.

ރޫބިއޯ ވިދާޅުވީ އެކި ގައުމު ތަކުން ޝައުގުވެރިކަން ހުރި ކަންކަން ގަރާރުގައި ހިމެނުމުގެ ގޮތުން ގައުމުތަކާ މަޝްވަރާ ކުރަމުން ގެންދާ ކަމުގައެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން ނިމުމަކަށް ގެނައި ދެ އަހަރުގެ ހަނގުރާމައިގެ ފަހުން ސަލާމަތީ މަޖިލިހަށް ހުށަހަޅާ ގަރާރުގެ ޑްރާފްޓްގެ މަސައްކަތް އެމެރިކާ އިން ފެށީ ފާއިތުވި ހަފްތާގައެވެ.

ޓްރަމްޕް އދ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ވެފައި ވީ ނަމަވެސް، ޣައްޒާ އަށް ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވުމުގެ ކުރިން ސެކިއުރިޓީ ކައުންސިލުގެ ހުއްދަ ބޭނުން ވާނެ ކަމަށް ގިނަ ގައުމުތަކުން ބުނެފައި ވެއެވެ.

ރޫބިއޯ ވިދާޅުވީ ބައިނަލްއަގުވާމީ ބާރެއް ޣައްޒާ އަށް ފޮނުވުމަކީ ފަލަސްތީނު ސަރަހައްދަށް އިތުރު އެހީތެރިކަން ދިނުމަށް ފުރުސަތު ހުޅުވޭނެ ކަމެއް ކަމަށާއި، ހަމާސް އެއްފަރާތް ކުރުމަށް ވެސް މުހިންމު ކަމެއް ކަމަށެވެ.

- ކޮމެންޓް