Advertisement
ކ. މާލެ
|
4 ޑިސެންބަރ 2025 | ބުރާސްފަތި 14:00
ރަޝިޔާގެ ރައީސް ޕުޓިން
ރަޝިޔާގެ ރައީސް ޕުޓިން
ރޮއިޓަރސް
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
ރަޝިޔާގެ ސަރުކާރު ނޫސް އެޖެންސީ ކަމަށްވާ، އާރް.އައި.އޭ އިން ބުނެފައި ވަނީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާއި ޕުޓިންއާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުން ވަރަށް ބޮޑަށް ދިގު ލައިގެން ދިޔަ ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ޕުޓިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ހުށަހެޅުމުގައި ހިމެނޭ ކޮންމެ ނުކުތާއެއް ވަކި ވަކިން ވިޓްކޮފް ތަފްސީލު ކޮށްދެއްވާފައިވާ ކަމަށާއި، އެކަމުގެ މަޝްވަރާ ފުޅާކޮށް ކުރަން ޖެހުނު ކަމަށެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިންމުމަށްޓަކައި އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި ކަމަށް، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރަޝިޔާގެ ވެރި ރަށް މޮސްކޯގައި ބުދަ ދުވަަހު ޕުޓިން ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އަދި ޓްރަމްޕްގެ ދަރިކަލުން ޖެރާޑް ކުޝްނާއާ ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބުރާސްފަތި ދުވަހު ޕުޓިން ވިދާޅުވެފައި ވަނީ އެއީ ވަރަށް ބޭނުންތެރި ބައްދަލުވުމެއް ކަމަށެވެ. އަދި އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ، މިއަހަރުގެ ތެރޭގައި އެމެރިކާގެ އެލަސްކާގައި ޓްރަމްޕްއާ އެކު ބޭއްވި މަޝްވަރާ ތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ޕުޓިން ފާހަގަ ކުރެއްވި އެވެ.

ރަޝިޔާގެ ސަރުކާރު ނޫސް އެޖެންސީ ކަމަށްވާ، އާރްއައިއޭ އިން ބުނެފައި ވަނީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާއި ޕުޓިންއާ ދެމެދު ކުރިއަށް ގެންދިޔަ ބައްދަލުވުން ވަރަށް ބޮޑަށް ދިގު ލައިގެން ދިޔަ ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ޕުޓިން ވިދާޅުވެފައި ވަނީ، އެމެރިކާގެ ހުށަހެޅުމުގައި ހިމެނޭ ކޮންމެ ނުކުތާއެއް ވަކި ވަކިން ވިޓްކޮފް ތަފްސީލު ކޮށްދެއްވާފައިވާ ކަމަށާއި، އެކަމުގެ މަޝްވަރާ ފުޅާކޮށް ކުރަން ޖެހުނު ކަމަށެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ އަށް ހައްލު ހޯދުމަށް އެމެރިކާ އިން ކުރަމުން އަންނަ ސިޔާސީ މަސައްކަތުގެ ބައެއްގެ ތެރެއިންނެވެ. އޭގެ ކުރިން ޓްރަމްޕް ވަނީ އެލަސްކާގައި ޕުޓިންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ ފަހުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ޓްރަމްޕްގެ ފަރާތުން ކަނޑައަޅުއްވާފައި ވަނީ ވިޓްކޮފް އާއި ކުޝްނާ އެވެ.

މީގެ އިތުރުން ޕުޓިން ވިދާޅުވެފައި ވަނީ ޔުކްރެއިން ހަނގުރާމައިގެ ސުލްޙަ އަށް ދިޔުމުގައި ޔޫރަޕުގެ ޤައުމުތައް ބައިވެރިވުން ވަރަށް މުހިންމު ކަމަށެވެ. އަދި އެކަމުގައި އެ ޤައުމު ތަކުން ސުލްޙަ އަށް ކުރާ މަސައްކަތަށް ހުރަސް އަޅައިގެން ވެސް ނުވާނެ ކަމަށް ޕުޓިން ވިދާޅުވެފައިވެ އެވެ. ޕުޓިން މިހެން ވިދާޅުވެފައިވާއިރު، މި މައްސަލައިގައި ޔޫރަޕުގެ ޤައުމު ތަކުން އަންނަނީ ޔުކްރެއިން އަށް ވަރަށް ބޮޑު އެއްބާރުލުމެއް ދެމުންނެވެ.

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ އަށް ގައްލު ހޯދުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަމުން އަންނަ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް ދާއިރު، އެމެރިކާ އިން އެކަމުގައި އިސް ދައުރެއް އަދާ ކުރަމުން ގެންދެ އެވެ. ޚާއްސަކޮށް އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަވަނީ އެކަމަށް ބާރު އަޅުއްވައި ވާހަކަ ދައްކަވަމުންނެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް ޓްރަމްޕް ގެންދެވީ އެ ވާހަކަތައް ދައްކަވަމުންނެވެ.

މި ބައްދަލުވުންތައް ކުރިއަށް ގެންދިޔަ ނަމަވެސް، ކުރިމަތި ވެގެން އަންނާނެ ހުށަހެޅުން ތަކެއް މިހާތަނަށް ސާފެެއް ނުވެ އެވެ. އަދި ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް ހޭދަ ވާނެ މުއްދަތެއް ވެސް ސާފުވެފައި ނުވެ އެވެ. ނަމަވެސް، ބޮޑު ދެ ބާރުގެ ގޮތުގައި ފާހަގަ ކުރެވޭ ޤައުމު ތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދިޔުމަކީ ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތުގެ އުންމީދެއް ކަމަށް މާހިރުން ފާހަގަ ކޮށްފައިވެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް