ކ. މާލެ
|
16 އޭޕްރިލް 2024 | އަންގާރަ 12:43
ފުލުހުންގެ މައި އިމާރަތް
ފުލުހުންގެ މައި އިމާރަތް
ކޯޕަރޭޓް މޯލްޑިވްސް
ޖަޒީރާ ޓެލެގްރާމް ޗެނަލް
ޖަޒީރާ ޓެލެގްރާމް ޗެނަލް މެދުވެރިކޮށް ހަށިވިއްކުމުގެ ނެޓްވޯކް ހިންގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
 
އޭނާއަކީ "ޖަޒީރާ"ގެ ނަމުގައި ހިންގި ޓެލެގްރާމު ގުރޫޕުތަކާ ގުޅުން ހުރި ޓެކްސީ ޑްރައިވަރު
 
އަދި ދެވަނަ މުއްދަތަށްވެސް 15 ދުވަސް ވަނީ ދީފައި

ބޮޑެތި ކުށްތަކަށް އަރިގަތުމަށް ޖަޒީރާގެ އެކި ނަން ނަމުގައި ހިންގި ޓެލެގްރާމް ޗެނަލްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ މައްސަލައިގައި މިދިޔަ މާރޗު މަހުގެ 30 ވަނަ ދުވަހު އިތުރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 60 އަހަރުގެ ފިރިހެނެއްކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އޭނާއަކީ "ޖަޒީރާ"ގެ ނަމުގައި ހިންގި ޓެލެގްރާމު ގުރޫޕުތަކާ ގުޅުން ހުރި ޓެކްސީ ޑްރައިވަރެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ދީފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އަދި ދެވަނަ މުއްދަތަށްވެސް 15 ދުވަސް ވަނީ ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެލެގްރާމް ޗެނަލްތައް އުފައްދައިގެން ގާނޫނާ ހިލާފު ކަންތައްތައް ހިންގާ ކަމަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ހިންގާ، 6 މާރިޗް 2024 ގައި ޖަޒީރާ އެޑްމިން އާއި ޖަޒީރާ ގާލްސް އާއި ޖަޒީރާ އެސްކޯޓް ގެލަރީ އާއި ޖަޒީރާ ސްކޭމް އެލާޓް އަދި ޖަޒީރާ ލިންކް ހަބަރު ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަދި އެކަމުގެ ތުހުމަތުގައި މީގެ ކުރިން ވަނީ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ތަހުގީގަށް ބަންދުގެ މުއްދަތު ޖަހާފައެވެ،

މި މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ އާމްދަނީ ހޯދުމަށް ވަޒީފާއެއް އަދާކުރާ ބައެއް ނޫން ކަމަށާއި ނަމަވެސް އެކައުންޓްތަކުން ގިނަ އަދަދެއްގެ މުއާމަލާތްކޮށްފައިވާ ކަަމަށް ފުލުހުން މައުލޫމާތުދެއެވެ.

އޭގެ ތެރެއިން އެކަކަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ގިނަ ބަޔަކަށް ތުހުމަތުކުރެވޭއިރު، އެއިން ކޮންމެ މީހެއްގެ އެކައުންޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށްޓަކައި ރާއްޖެއާއި ރާއްޖެއިން ބޭރުން އަންހެނުން ހަރަކާތްތެރިވެފައިވާއިރު، މިކަމަށް އެއް ޓެކްސީ ޚާއްސަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް