ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 15:35
ރައީސް މުއިއްޒު (ވ) އަދި ޕީއެންސީގެ ޗެއަރޕާސަން (ކ)
ރައީސް މުއިއްޒު (ވ) އަދި ޕީއެންސީގެ ޗެއަރޕާސަން (ކ)
ރާއްޖެއެމްވީ
ޕީއެންސީގެ ކެމްޕޭނު
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު
 
ސަރުކާރުން ދަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކުރަމުން
 
ސަރުކާރު ހިންގާ ޕާޓީގެ ކެމްޕޭނު ޖަލްސާގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދޭން
 
މި މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޮއެލިޝަން ޕީޕީއެމް/ޕީއެންސީން ދަނީ ވަރަށް ފާޅުކަން ބޮޑުކޮށް ފުޅާ ދާއިރާއެއްގައި ސަރުކާރު މުވައްޒަފުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނަމަ ވަޒީފާގެ ބިރުދައްކާ އަދި ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން ނެގުން ވެސް ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޫކޮށްލުމަށް ގޮވާލަމުންނެވެ.

އެކަމުގެ ކަންބޮޑުވުންވެސް އެކި ފަރާތްތަކުން ފާޅުކުރަމުންދާއިރު، މި މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުންނެވެ.

ދާދި ފަހުން ސަރުކާރު ނިސްބަތްވާ ޕާޓީން ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވަނީ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅުމަށް ޕްރެޝަރކޮށް، ސަރުކާރުގެ ތާއީދު އޮތް ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި މުވައްޒަފުން "ކޮންޓްރޯލް ކުރުމަށް" ކެންޑިޑޭޓަށް ބާރުތަކެއް ދީ، ވަޒީފާތަކުގެ ފުރުސަތު ލިބޭނެ ގޮތަކަށް މަގުފަހިކޮށްދިނުމަށް ގޮވާލާފައެވެ.

އެކަމާ އޭރު ޕީއެންސީން ބުނީ، އެއީ ވަކިވަކި ފަރުދުންގެ ހިޔާލު ކަމަށެވެ. ފިކުރާއި ވިސްނުން ކަމަށެވެ.

ކަން އެހެން އޮއްވައި އަނެއްކާވެސް މިވަނީ އެފަދަ އިތުރު ކަމެއް ހިނގާފައެވެ. ސަރުކާރު ހިންގާ ޕާޓީގެ ކެމްޕޭނު ޖަލްސާގައި މިފަހަރު ގޮވާލީ ސަރުކާރު ޕާޓީ މީހުންނަށް އެކަނި ކަރަންޓުދީ، ދެން ތިބި މީހުން އެ ފުރުސަތުން މަހުރޫމު ކޮށްލުމަށެވެ. ޕާޓީން މިފަހަރުވެސް ބުނީ އެއީ ފަރުދީ ވިސްނުމެއް ކަމަށެވެ. އެކަމަކާ ރައީސް މުއިއްޒު ނުވަތަ ޕާޓީން ކުރާނެ ކަމެއް ނެތް ކަމަށެވެ.

ހަގީގަތަކީ މަޖިލިސް އިންތިޚާބަށް ކުރަމުންދާ ކެމްޕެއިންގައި ސަރުކާރުން ދަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭ މީހުން ނުހައްގުން ވަޒީފާތަކުން ވަކިކޮށް، ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ މީހުން ވަޒީފާތަކަށް ނަގަމުންނެވެ.

އެހެންކަމުން ސަރުކާރުގެ ކުންފުނިތަކުން ވަޒީފާއިން މީހުން ވަކިކުރުމާ ގުޅޭގޮތުން މިހާރު އޮތް ގޮތަށްވުރެ ވަރުގަދަޔަށް ބެލޭނެ ގޮތަށް ގާނޫނަށް ބަދަލު ގެންނަން އެމްޑީޕީން މިހާރު ވަނީ ނިންމާފައެވެ. އަދި އެކަމާ ގުޅޭގޮތުން ޕާޓީގެ ލީޑަރޝިޕްގައި މަޝްވަރާތަކެއްވެސް ދަނީ ކުރެވެމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނުގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިތާ މާ ގިނަ ދުވަހެއް ނުވަނީސް އެކި ރަށްރަށުގެ ފެނަކަ، ސްޓެލްކޯ އަދިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ދަނީ ވަކިކުރައްވަމުންނެވެ.އާއިލާ ތަކަށް ކިތަންމެ ދަތިވިއަސް ބެލުމެއް ނެތިއެވެ. މީގެ އިތުރުން، ސަރުކާރަށް ތާއީދުކުރާ އާއިލާތަކުގެ މީހުންނަށް ވަޒީފާ ހަމަޖައްސައިދެމުން ދާކަމަށް އެރަށްރަށުގެ ރައްޔިތުން ތުހުމަތުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި