ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 14:31
ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގެއިން ފެނުނު މަސްތުވާތަކެތި
ފުލުހުން ހިންގި އޮޕަރޭޝަނުގައި ބަލައިފާސްކުރި ގެއިން ފެނުނު މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި އަތުލައިގަތުން
މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ ބިދޭސީއެެއް

މާފަންނު ގެއަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެކު ހޮނިހިރު ދުވަހު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި މާފަންނުގެ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި، އުމުރުން 24 އަހަރުގެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެގެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ކަމަށް ބެލެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓަކާއި 2 ޖޫސްޕެޓީ ކޮތަޅާއި ޓޫތު ޕިކް ކޮންޓެއިނަރ ދަޅެއް ފެނިފައިވާ ކަމަށާއި މިތަކެތީގެ ވަގުތީ ބަރުދަނުގައި 1 ކިލޯ 226 ގްރާމް ހުރި ކަމަށެވެ. އަދި ހެރޮއިންކަމަށް ބެލެވޭ 2 ޖުސްޕެޓީ ކޮތަޅާއި ތިން ރަބަރު ޕެކެޓް ފެނިފައިވާއިރު އެތަކެތީގެ ބަރުދަނުގައި 188 ގްރާމް ހުރި ކަމަށް ބެލެވޭ ކަމަށެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ފުލުހުންވަނީ އޮގަސްޓު 1 ވަނަ ދުވަހު ވެސް ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރު ކޮށްފައެވެ. އަދި އެ ދެ މީހުންގެ ބަންދަށްވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް