ކ. މާލެ
|
13 އޭޕްރިލް 2024 | ހޮނިހިރު 13:49
އީސީގެ ރައީސް ފުވާދު ތައުފީޤު
އީސީގެ ރައީސް ފުވާދު ތައުފީޤު
ރާއްޖެއެމްވީ
ވަޒީފާގެ ބިރު
ވަޒީފާގެ ބިރު ދައްކައިގެންވެސް ސަރުކާރަށް ތާއީދު އިތުރުކުރަންޖެހޭކަމަށް ބުނި މައްސަލަ ހުށަހަޅަން އީސީން އެދިއްޖެ
 
ނުގުޅިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަންޖެހޭކަމަށްވެސް ބުނި
 
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅުމަށް އަންގަންޖެހޭކަމަށް އޭނާ ބުނި

މި ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ވަޒީފާގެ ބިރު ދައްކަން ގޮވާލި މައްސަލަ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީން) އެދިއްޖެއެވެ.

ހިންނަވަރު ދާއިރާއަށް ސަރުކާރުގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދެއްކި މީހަކު ވަނީ، އިދިކޮޅު ފަރާތްތަކުން ސަރުކާރާ ގުޅުމަށް އަންގަންޖެހޭކަމަށް ޕޯޑިއަމްގައި ހުރެ ބުނެފައެވެ.

އަދި ނުގުޅިއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަންޖެހޭކަން ފާހަގަކޮށް އޭނާ ވަނީ އެކަން ކާމިޔާބު ނުވެއްޖެނަމަ، އެމީހުންނަށްވެސް ދަތިތައް ކުރިމަތިވެދާނެކަމަށް ބުނެފައެވެ.

އޭގެ އިތުރުން، ހިންނަވަރު ދާއިރާގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ފެލިވަރުގައި މަސައްކަތް ކުރާ މުވައްޒަފުން "ކޮންޓްރޯލް ކުރުމަށް" ކެންޑިޑޭޓަށް ބާރުތަކެއް ދީ، ވަޒީފާތަކުގެ ފުރުސަތު ލިބޭނެ ގޮތަކަށް މަގުފަހިކޮށްދިނުމަށް ރައީސްގެ އަރިހުން އެދިލެއްވުމަށް އޭނާ ވަނީ މިނިސްޓަރު ގާތުގައިވެސް އެދިފައެވެ.

އަޅުގަނޑުމެންނާ ގުޅިވަޑައި ނުގެންފިނަމަ އަޅަން ޖެހޭ ފިޔަވަޅުތަކެއް އެބަ ޖެހޭ އަޅަން އިނގޭތޯ. މިކަންކޮށްގެން ނޫނީ އަޅުގަނޑުމެންނަށް މި ކާމިޔާބު ކުރުމަށް ދަތިތަކެއް އެކުލެވިގެން ހިނގައިދާނެ، އެހެންވީމާ އަޅުގަނޑު މިނިސްޓަރު އަރިހުންވެސް އެދެނީ ރައީސަށް ދަންނަވައިގެންވެސް، ފެލިވަރުގައި މަސައްކަތްކުރާ މީހުން، ޚާއްސަކޮށް ފެލިވަރުގައި މަސައްކަތް ކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރެއް އަޅުގަނޑުމެންގެ ކެންޑިޑޭޓަށް ދީގެން ވަޒީފާތަކާ އެއްޗެހި ފުރުސަތު އަޅުގަނޑުމެންނަށް ލިބޭނެ ކަހަލަ ގޮތަކަށް މަގުފަހިކޮށްދިނުން
ކެމްޕެއިން ޖަލްސާއެއްގައި ދެއްކި ވާހަކަ

އެކަމާ ގުޅިގެން މީހަކު އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން ފުވާދު ވިދާޅުވީ، މިއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.

އަދި މިކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮމްޕްލެއިން ބިއުރޯއަށް މައްސަލަ ހުށަހެޅުމަށްވެސް ފުވާދު ވަނީ އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އީސީން އަމިއްލައަށް އެފަދަ މައްސަލަތައް ނުބެލޭނެތޯ ސުވާލުކޮށްފައެވެ.

އޭގެ ޖަވާބުގައި ފުވާދު ވިދާޅުވީ، އީސީން އަމިއްލައަށް އެފަދަ މައްސަލަތައް ބެލޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ކޯޓުތަކުންވެސް ޝަރީއަތް ކުރަނީ އޮންނަ ޤަވާއިދުން މައްސަލަ ޝަރީއަތަށް ހުށަހެޅުމުން ކަމަށާއި، ސޯޝަލް މީޑިއާގައި ލިޔާ ވާހަކައަކާއި ގުޅިގެން އިދާރަތަކުން އަމިއްލައަށް މައްސަލަތައް ނުބެލުމުގެ ފަހަތުގައި ސަބަބުތަކާއި ހިކުމަތްތަކެއްވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް