ކ. މާލެ
|
6 އޯގަސްޓް 2017 | އާދީއްތަ 14:01
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު
ރާއްޖެ އެމްވީ
އަދީބު ބޭސްފަރުވާ
އަދީބު ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެނެސްފި
އަދީބުގެ އަނބިކަނބަލުންގެ ފާޑު ކިޔުން ފުލުހުންނަށް
ބަންދުގައި ތިބޭ މީހުންގެ އެޕޮއިންޓްމެންޓް ހަމަޖައްސަނީ ފުލުހުން
އަދީބު ޑޮކްޓަރަށް ދެއްކުމަށްޓަކައި ބުރާސްފަތި ދުވަހުވެސް މާލެ ގެނައި

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އަދީބު ވަނީ ޑޮކްޓަރަށް ދެއްކުމަށްޓަކައި މާލެ ގެނެސްފައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޯފުޅު ޑޮކްޓަރަށް ދެއްކުމަށް އެދިފައިވަނިކޮށް  ބުރާސްފަތި ދުވަހުވެސް ވަނީ މާލެ ގެނެސްފައެވެ. 

އަހެންނަމަވެސް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ ބުރާސްފަތި ދުވަހު ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް އަދީބު އައިޖީއެމްއެޗް ގެނަ ފަހުން، އެޕޮއިންޓެމެންޓް ހެއްދިފައި އޮތީ ކަށީގެ ޑޮކްޓަރަކަށް ކަން އެނގުނު ކަމަށާ އެހެންވެ ފުލުހުން ވަނީ އަދީބު އަނބުރާ ދޫނިދޫއަށް ގެންގޮސްފައެވެ.

އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއާ ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ  ކަމަށް އާއިލާއާ ވަކީލުން ދަނީ ބުނަމުންނެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

 

އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) އަށް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް، އެ ކޮމިޝަނުން މިހާތަނަށް އެކަމުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް