ކ. މާލެ
|
8 އޭޕްރިލް 2024 | ހޯމަ 14:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ސިޔާސީ މަޤާމުތައް
ރައީސް މިހާރު ވިދާޅުވަނީ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރެއްވިޔަސް، މަސައްކަތް ނުކުރަންޏާ ވަޒީފާއިން ވަކިކުރައްވާނެކަމަށް
 
ރައީސް ވިދާޅުވީ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރައްވަނީ ރެޔާއި ދުވާލު ރައްޔިތުންނަށް މަސައްކަތް ކުރެއްވުމަށް ކަމަށް
 
މިހާރު އައްޔަންކުރައްވާފައިވާ ފަރާތްތަކަށް އެވަނީ މަސައްކަތް ކުރުމަށް ފުރުސަތެއް ދެވިފައިކަމަށް ވިދާޅުވި
 
މަސައްކަތް ނުކުރާނަމަ، އެމީހުން ވަޒީފާއިން ވަކި ކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވި

ސިޔާސީ މަޤާމުތަކަށް އައްޔަންކުރައްވާ މީހުން މަސައްކަތް ނުކުރާނަމަ، ވަޒީފާއިން ވަކި ކުރައްވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިޔާސީ އިސް މަގާމުތަކަށް އިތުރަށް މީހުން އައްޔަން ނުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ މުއިއްޒު ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވިނަމަވެސް، އޭގެ ފަހުންވެސް ގެންދެވީ މަޤާމުތަކަށް މީހުން އައްޔަން ކުރައްވަމުންނެވެ. ނަމަވެސް ފަހުން އައްޔަން ކުރާ ފަރާތްތަކުގެ މައުލޫމާތު ވެސް އާންމު ނުކުރާއިރު، އެއީ ވެބްސައިޓް މައްސަލައެއް ދިމާވެގެންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ސިޔާސީ މަޤާމުތަކަށް މީހުން އައްޔަން ކުރައްވަނީ ރެޔާއި ދުވާލު ރައްޔިތުންނަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ.

އޭގެ އިތުރުން، ބޭކާރު ގޮތުގައި، އާދަޔާ ޚިލާފަށް ސިޔާސީ މަޤާމުތަކަށް މީހުން ލައިގެން މުސާރަ ދިނުމާ ދެކޮޅުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި ސިޔާސީ މަޤާމުތަކަށް އައްޔަންކުރާ މީހުން މަސައްކަތް ނުކުރާނަމަ، އެމީހުން ވަޒީފާއިން ވަކި ކުރައްވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވާ ގޮތުގައި މިހާރު އައްޔަން ކުރައްވާފައިވާ ފަރާތްތަކަށް އެވަނީ މަސައްކަތް ކުރުމަށް ފުރުސަތެއް ދެވިފައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށެވެ. އެގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރަައްވަން ނިންމަވާފައިވާކަމަށް ރައީސް އެ ދުވަހު ވިދާޅުވިއެވެ.

އެހެންނަމަވެސް އޭގެ ފަހުން ވެސް ސަރުކާރުން ވަނީ ސިޔާސީ އިސް މަޤާމުތަކަށް އެކި ފަރާތްތައް އައްޔަންކޮށްފައެވެ. އެގޮތުން މަޖިލިސް އިންތިޚާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ނާކާމިޔާބުވި ފަރާތްތަކާއި، ނަން އަނބުރާ ގެންދިޔަ ފަރާތްތައް އޭގެ ތެރޭގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އިގްތިސާދުގައި ބުންވަރު ޖެހެމުންދާ މިންވަރަކުން މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ އޮތް ހަމައެކަނި ހައްލެއް ނޫން: ރައީސް މުއިއްޒު
އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ޚިދުމަތްކުރެވޭ ގޮތަށް ހަމަޖައްސާނަން: ރައީސް މުއިއްޒު
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
އެކި ސަބަބުތަކަށްޓަކައި ސިވިލް ސަރވިސްގެ ވަޒީފާ ދޫކޮށްލައިފައިވާ މީހުން އަލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދެނީ
ބުނަނީ ސިޔާސަތު ބަދަލުނުވާ ކަމަށް، އެކަމަކު ހާމަކުރެވޭކަށް ނެތް!
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
ޕާޓީ ބަދަލުކުރިއަސް، ޕާޓީއަކާއި ގުޅުނަސް، ދައުރު ނުފެށޭހާ ހިނދަކު މެންބަރުގެ ގޮނޑި ނުގެއްލޭނެ - އީސީ