ކ. މާލެ
|
31 މާރޗް 2024 | އާދީއްތަ 13:20
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅުކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
އަލް ނަސްރު ބޮޑު މޮޅެއް ހޯދި މެޗުގައި ރޮނާލްޑޯ ހެޓްރިކް ހަދައިފި
 
މިއީ ރޮނާލްޑޯ، އޭނާގެ ކެރިއަރުގައި ހެދި 64 ވަނަ ހެޓްރިކް

ސައުދީ ޕްރޯ ލީގުގައި އަލް ތާއީއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު ބޮޑު މޮޅެއް ހޯދިއިރު، ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހެޓްރިކް ހަދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އަލް ނަސްރު މޮޅުވީ، 5-1 އިންނެވެ.

މެޗު ފަށައިގެން 20 ވަނަ މިނެޓުގައި އޮޓާވިއޯ ވަނީ ލަނޑު ޖަހައި އަލް ނަސްރަށް ލީޑު ނަގައިދީފަ އެވެ. އޭގެ ދެ މިނެޓު ފަހުން މެޗުގެ 22 ވަނަ މިނެޓުގައި، އަލް ތާއީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވާޖިލް މިސިޖާން އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެ ވަނަ ފަހަރަށް އަލް ނަސްރަށް ކުރި ހޯދައިދިނީ ޢަބްދުއް ރަޙުމާާން ގަރީބް އެވެ. މެޗުގައި އަލް ނަސްރުގެ ފަހު ތިން ލަނޑު ވެސް ޖެހީ ރޮނާލްޑޯ އެވެ. އެއީ މެޗުގެ 64 ވަނަ މިނެޓާއި، 67 ވަނަ މިނެޓު އަދި 87 ވަނަ މިނެޓުގަ އެވެ. މިއީ ރޮނާލްޑޯ، އޭނާގެ ކެރިއަރުގައި ހެދި 64 ވަނަ ހެޓްރިކް އެވެ.

މޮޅާއެކު އަލް ނަސްރު އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅުނު 25 މެޗުން 59 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް އަލް ޙިލާލަށް ލިބެނީ 71 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް