ކ. މާލެ
|
27 މާރޗް 2024 | ބުދަ 11:52
އަކްރަމް ޢަދީލް ސަޢީދު (25އ)
އަކްރަމް ޢަދީލް ސަޢީދު (25އ)
ޕޮލިސް
ގެއްލިގެން ހޯދަމުންދިޔަ މީހާ
ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ
 
ގެއްލިގެން ހޯދަން އިއުލާން ކުރީ އަންގާރަ ދުވަހުގެރޭ 20:33 ގައި

ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) ރޭގެ ވަގުތެއްގައި ހުޅުމާލެއިން ފެނިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އޭނާ ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކުރީ އަންގާރަ ދުވަހުގެ ރޭ 20:33 ގައެވެ. ނަމަވެސް ރޭގެ ވަގުތެއްގައި އޭނާ ފެނިފައިވާއިރު، ފުލުހުން އެ މައުލޫމާތެއް މީޑިއާއަކާއި ހިއްސާކޮށްފައި ނުވެއެވެ. އަދި ބުދަ ދުވަހުގެ ހެނދުނު ފުލުހުންނާއި ސުވާލުކުރުމުން 10:31 ގައި ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭ އޭނާ ފެނިފައިވާ ކަމަށެވެ.

އަކްރަމް ޢަދީލް ސަޢީދު ހޯދަން ފެށީ 23 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް