ކ. މާލެ
|
5 އޯގަސްޓް 2017 | ހޮނިހިރު 11:30
މާފުށީ ޖަލު: ފުލުހަކަށް ހަމަލާ ދީފައިވަނީ ފަތާފައި ޖަލަށް ވަންނަން އުޅުނު މީހަކު ހުއްޓުވުމުގެ ތެރޭގައި
މާފުށީ ޖަލު: ފުލުހަކަށް ހަމަލާ ދީފައިވަނީ ފަތާފައި ޖަލަށް ވަންނަން އުޅުނު މީހަކު ހުއްޓުވުމުގެ ތެރޭގައި
ރާއްޖެއެމްވީ
ފުލުސްމީހާއަށް ހަމަލާދިނުން
ފުލުސް މީހާއަށް ހަމަލާދިނީ ވައަތު ކޮނޑާ މެއާ ދޭތެރެއަށް : ފުލުހުން
ޒަޚަމްވި ފުލުސް މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން
މާފުށީ ޖަލާއި، ޖުމްލަ ގޮތެއްގައި މުޅި މާފުށިގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައި
4 މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި

ހޮނިހިރު ދުވަހުގެރޭ ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ މާފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރަމުންދާ ޕޮލިސް ކޮންސްޓަބަލް އަލީ ރައްޒާންގެ ވައަތު ކޮނޑާ މެއާ ދޭތެރެއަށް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ.

ރައްޒާންއަށް  މިހާރު އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށާއި އޭނާއަށް ތޫނު އެއްޗަކުން ހަމަލާދިނީ މާފުއްޓަށް ދިޔަ ލޯންޗެއްގައި ހުރި މީހަކު މޫދަށް ފުންމާލައިގެން މާފުއްޓަށް އަރަން މަސައްކަތްކުރަން އުޅުމުގެ ތެރޭގައި އޭނާ ހުއްޓުވަން، އެހެން ފުލުހުންނާއެކު ރައްޒާން މަސައްކަތް ކުރަމުން ދަނިކޮށްކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ މި މައްސަލައާ ގުޅިގެން ރައްޒާނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހާއާއި މާލެއިން މާފުއްޓަށް ދިޔަ ލޯންޗުގެ ކެޕްޓަނާއި އެ ލޯންޗުގައި އެވަގުތު ތިބި އިތުރު ދެ މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މާފުއްޓަށް ދިޔަ ލޯންޗާއި މާފުށީ ޖަލަށް އެތެރެކުރުމަށްޓަކައި ގެނައި ތަކެތި ފުލުހުންގެ  ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 51 އަހަރުގެ ފިރިހެނަކާއި އުމުރުން 32 އަހަރުގެ ދެ ފިރިހެނުންނާއި އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެއް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މާފުށިން ވާހަކަދެއްކި އެރަށު ރައްޔިތަކު ބުނީ، މި ހާދިސާ އާއި ގުޅިގެން، މާފުށީ ޖަލުގެ އިތުރުން މުޅި މާފުށިގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިވާ ކަމަށެވެ

ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.

- ކޮމެންޓް
5 އޯގަސްޓް 2017 | ހޮނިހިރު 11:53
މެމޯރިއަލް ޑޭ
ތިޔަ މުއައްސަސާއިން ވަމުން އަންނަ އިހުމާލާ ގުޅިގެން މިފަދަ ކަންކަން ހިނގުމުގެ ފުރުސަތު ބޮޑުވަނީ. ކިތައް ފުލުހުންނަށް ގޭންގު އަނިޔާ ލިބިއްޖެތޯ. އެކަމުގައި ރުޅި ބާލަނީ އެކަންކަން ފާހަގަކުރާ ސިޔާސީ އެއްވުން ތަކަށް. މެމޯރިއަލް ޑޭ ފާހަގަކޮށް ނިންމާލައިގެން ތިބެވެން ނެތް. ހާސިލުކުރި ތައުލީމުގެ ބޭނުންކޮށްގެން ސްޓްރެޓެޖިކް ޕްލޭންތަކެއް އެކުލަވާލުން މުހިއްމު.