ކ. މާލެ
|
17 މާރޗް 2024 | އާދީއްތަ 14:24
ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުންވަނީ ދީފައި
ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުންވަނީ ދީފައި
ރޮއިޓާސް
ޣައްޒާގައި ބަނޑުހައި ހޫނުކަން
‏ޣައްޒާގައި 2 އަހަރުން ދަށުގެ ކޮންމެ ތިން ކުއްޖަކުން އެކަކީ މަލްނިއުޓްރިޝަންގެ ޝިކާރައަކަށްވެފައިވާ ކުއްޖެއް: އަންރާ‏
 
އަންރާއިން ބުނީ ޣައްޒާގައި ހީވެސް ނުކުރާ މިންވަރަށް ބަނޑުހައިހޫނުކަން ފެތުރެމުންދާ ކަމަށް

ޣައްޒާގެ އުތުރުގައި އުމުރުން 2 އަހަރުން ދަށުގެ ކޮންމެ ތިން ކުއްޖަކުން އެކަކީ މިހާރު ވަރަށް ބޮޑަށް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއް ކަމަށް އދ.ގެ މައި ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) "އަންރާ" އިން ބުނެފިއެވެ.

އދ.ގެ އެޖެންސީ އަންރާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކުޑަކުދިންގެ މެދުގައި މަލްނިއުޓްރިޝަން ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމަށާއި ޣައްޒާގައި ހީވެސް ނުކުރާ މިންވަރަށް ބަނޑުހައިހޫނުކަން ފެތުރެމުންދާ ކަމަށެވެ.

އިސްރާއީލުން އެ ސަރަހައްދުގައި ހިންގި އަނިޔާވެރި ޖަރީމާތަކަށް ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޣައްޒާގެ އާބާދީގެ 2.3 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ގެދޮރު ގެއްލި، އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައެވެ.

ހުޅަނގުގެ ގައުމުތަކުން އިސްރާއީލުގެ ބާރުގެ ދަށުގައިވާ އިދާރާތަކަށް ގޮވާލަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް ކަމަށާއި، އެންކްލޭވްއަށް އެހީ ގެނައުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށާއި އޭގެ ތެރޭގައި ބަލާ ފާސްކުރުމުގެ ތެރެއިން އިސްރާއީލް ސިފައިން އެކަށީގެން ނުވާ ބާރުގެ ބޭނުން ކުރުމާއި، ދަތުރުފަތުރުކުރުން މަނާކުރުމާއި ޣައްޒާގެ އެތެރޭގައި ހަމަނުޖެހުން ހިންގުން ހިމެނެއެވެ.

ޣައްޒާގެ އުތުރުގައި އުފެދިފައިވާ މަލްނިއުޓްރިޝަން އާއި ޑީހައިޑްރޭޝަންގެ ސަބަބުން ބައެއް ކުދިން މަރުވަމުންދާ ކަމަށާއި އެ ސަރަޙައްދުގެ ހާލަތު އެހާބޮޑަށް ގޯސްވެފައިވަނީ އިސްރާއީލުން އެ ސަރަހައްދަށް އިންސާނީ އެހީ ދިނުމަށް ހުރަސް އެޅުމުގެ ސަބަބުން ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެއެވެ.

ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި މިހާރު ވެސް ޝަރީއަތް ހިނގަމުން އަންނަ ‎‎އިސްރާއީލުން އަންނަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް ނުރައްކާތެރި ހަނގުރާމައެއް ހިންގަމުންނެވެ. ‎

‎ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ‎‎ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 31،490 މީހުން ޝަހީދުވެ 73،439 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.‎ މީގެ އިތުރުން، 7،000 އެއްހާ މީހުން، އެމީހުންގެ ގެދޮރުގެ ކުނިތަކުގެ ދަށުގައި ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ. ‎

‎ފަލަސްތީނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ‎‎ކުޑަކުދިންނެވެ.‎

‎އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެކި ކަންކޮޅުތަކުން ގާތްގަނޑަކަށް ދެ މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، މިޞްރުގެ ބޯޑަރު ކައިރީގައި އޮންނަ ދެކުނުގެ ރަފަހް ސިޓީއަށް ފަލަސްޠީނުގެ ގިނަ ‎‎ބަޔަކު ވަނީ ބަދަލުވާން މަޖުބޫރުވެފައެވެ.‎

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް