ކ. މާލެ
|
16 މާރޗް 2024 | ހޮނިހިރު 04:59
އަލް ނަޞްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
އަލް ނަޞްރުން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
ރޮނާލްޑޯގެ ޕެނަލްޓީން އަލް ނަޞްރު މޮޅުވެއްޖެ
އަލް ނަޞްރު އޮތީ ދެ ވަނައިގަ އޮތީ މިހާތަނަށް ކުޅުނު 24 މެޗުން 56 ޕޮއިންޓު ހޯދައިގެން

ސައުދީ ޕްރޯ ލީގުގައި އަލް އަހްލީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަޞްރު މޮޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 1-0 އިންނެވެ. އެ މެޗަށް ނިކުތްއިރު އަލް ނަޞްރު އޮތީ ވެސް އުނދަގޫ ޙާލަތެއްގަ އެވެ. އެއީ އެންމެ ފަހުން އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އަލް އައިންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުންނެވެ. އޭގެ ކުރިން ސައުދީ ލީގުގައި ކުޅުނު މެޗުން ވެސް އަލް ނަޞްރު އޮތީ ބަލިވެފަ އެވެ.

އަލް އަހްލީ ސައުދީއާ ދެކޮޅަށް އަލް ނަޞްރުން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗުން އެ ޓީމު މޮޅުވީ ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެންނެވެ. މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މެޗުން އަލް ނަޞްރު މޮޅުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަލް ނަޞްރުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރޮނާލްޑޯ ވަނީ މިހާތަނަށް އަލް ނަޞްރަށް 50 ލަނޑު ޖަަހައިދީފަ އެވެ.

މޮޅާއެކު އަލް ނަޞްރު އޮތީ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 24 މެޗުން 56 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި އަލް އަހްލީ ސައުދީ އަށް ލިބެނީ 47 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް