ކ. މާލެ
|
3 އޯގަސްޓް 2017 | ބުރާސްފަތި 17:14
އެންވައިރަމަންޓް މިނިސްޓަރުގެ ނޫސްވެރިންގެ ބައްދަލުވުން
އެންވައިރަމަންޓް މިނިސްޓަރުގެ ނޫސްވެރިންގެ ބައްދަލުވުން
ސިމާހާ ނަސީމް
ވެމްކޯގެ މަސައްކަތް
ކުނި އުކާލުމުގެ ޚިދުމަތް ފަށައިގަންނައިރު ދަތިތަކެއް ހުރި ނަމަވެސް ކުރިއަށްއޮތް ތާނގައި ރަގަޅުވެގެންދާނެ : އެންވައިރަމަންޓް މިނިސްޓަރ
ވެމްކޯގެ 100 މުވައްޒަފުން މާލޭގެ 10 ޒޯނެއްގައި ކުނިއުކާލުމުގެ މަސައްކަތްކުރަމުންދާނެ
މިކަންތައްތައް ކުރެވޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން
މާދަމާ ހެނދުނުން ފެށިގެން ކޯލު ސެންޓަރުގައި 61 ލައިން ޤާއިމް ކުރެވިގެންދާނެ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން އިން ފެށި އިރު ދަތިތަކެއް ކުރިމަތިވި ނަމަވެސް ކުރިއަށް އޮތް ތަނުގައި ޚިދުމަތް ރަގަޅު ކުރެވޭނެ ކަމަށް އެންވައިރަމަންޓް  އެންޑް  އެނަރޖީ  މިނިސްޓަރު ތޯރިގު  އިބުރާހިމް ވިދާޅުވެއްޖެއެވެ. ، ލުމުގެ ޚިދުމަތް ކުނި އުކާ

ބުރާސްފަތި ދުވަހު އެ މިނިސްޓްރީގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތޯރިގް ވިދާޅުވީ އޮގަސްޓް 2 ވަނަ ދުވަހާއި ހަމައަށް ބާރަހާސް ފަސްދޮޅަސް ހަތް ގޭބީސީއަކުން ޙިދުމަތަށް ރަޖިސްޓްރީ ކުރި ކަމަށާ އެކި ސަބަބުތަކާއި ގުޅިގެން ކުނި ނުނެގި  ހުރި މަދު ގެ ތަކެއް އެބަހުރި  ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ. .މިނިސްޓަރު ވިދާޅުވީ އެގޮތަށް ދިމާވި ސަބަބުތަކުގެ ތެރޭގައި ރަޖިސްޓްރީ ކުރި ފަރާތްތަކުގެ ނަންބަރު އެންޓަރ ކުރެވުނު އިރު އޮޅުންތަކެއް ހުރުމާ، ބައެއް ގޭބީސީތަކަށް ކުނި ނެގުމަށް ދިޔުމުން ގެޔަށް ނުވަދެވިގެން ދިމާވި މައްސަލަތަކެއް ވެސް ހުރި ކަމަށް ވިދާޅުވިއެވެ.  އަދި އެއީ ބޮޑެތި އޮފަރޭޝަންތައް ހިންގާ އިރު ދިމާވާނެ ކަމެއް ކަމަށާއި ކުނި ނުނަގާ ހުރި ގެތަކަކީ ކޮބައިތޯ  ބެއްލެވުމަށް ފަހު ވެމްކޯ މެދުވެރިކޮށް ގެތަކުން ކުނި ނަގާނެ  ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. .

ޙިދުމަތް ލިބިގަންނަ ފަރާތްތަކުން ކުރާ އެންމެ ބޮޑު އެއް ޝަކުވާ އަކީ ވެމްކޯއަށް ގުޅާއިރު ފޯނު ނުނަގާ  މައްސަލަކަމަށާއި މިގޮތަށް ދިމާވާން މެދުވެރިވި ސަބަބަކީ ވެމްކޯގެ ކޯލް ސެންޓަރުގައި އަށް ލައިން ހުރުމުން ކަމަށް މިނިސްޓަރ ތޯރިގު ވިދާޅުވިއެވެ. އެހެން ނަމަވެސް މާދަމާ ހުނދުނުން ފެށިގެން ކޯލު ސެންޓަރުގައި 61 ލައިން ގާއިމް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. .

 ކުނިއުކާލުމުގެ ޙިދުމަތަށް ރަޖިސްޓްރީ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު  މިހާރުވެސް 3 ތަނެއްގައި  ކުރިއަށްދާ ކަމަށް މިނިސްޓަރ ތޯރިގް ވަނީ ފާހަގަ ކުރައްވައިފައެވެ.

"މިއީ އަލަށް ފެއްޓި ސާވިރސްއެއް. މުޅި އެތި ފައިން ޓިއުން ވެގެންދާއިރު އަޅުގަނޑަކަށް ހިއެއް ނުވޭ އިތުރު މައްސަލައެއް އުޅޭނެ ހެން" ވެމްކޯގެ މެނޭޖިންގް ޑައިރެކްޓަރ މުހައްމަދު ޝިފާއު ވިދާޅުވިއެވެ.

.

ވެމްކޯގެ 100 މުވައްޒަފުން މާލޭގެ 10 ޒޯނެއްގައި ކުނިއުކާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި  މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރައްވާ  ކަމަށް  ވެމްކޯގެ މެނޭޖިންގް ޑައިރެކްޓަރ ޝިފާއު ވިދާޅުވިއެވެ.

 

 

 

    

- ކޮމެންޓް