ށ.ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި އޭގެ ތެރޭގައި އެއާޕޯޓުގެ ރަންވޭ އިތުރަށް ދިގުކުރުމާއި އެއާޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރުމާއި ފްލައިޓްތައް އިތުރުކުރުން ފަދަ ކަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، އެންމެ އިސްކަމެއްދެއްވާނެ އެއްކަމަކީ ފުނަދޫގެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށް ކަމަށާއި އެގޮތުން އެ ހޮސްޕިޓަލަކީ ޚިދުމަތުގެ ގޮތުންނާއި އިމާރާތުގެ ގޮތުންވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.