ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 11:47
އިންޑިއާގެ ސުޕްރީމް ކޯޓް
އިންޑިއާގެ ސުޕްރީމް ކޯޓް
މުސްލިމް ވޯލްޑް ޖާނަލް
އިންޑިއާގެ މުސްލިމުން
އަޚުންދްޖީ މިސްކިތް ހުރިތަނުގައި ހިޔަރަކާތް ވިލޭރޭ ފާހަގަކުރުމުގެ ހުއްދަ ނުދޭން ދިއްލީ ހައިކޯޓުން ނިންމައިފި
 
އިންޑިއާ ސަރުކާރުގެ އަމުރަށް ތަޅާލި އަޚުންދްޖީ މިސްކިތަކީ 600 އަހަރަށް ވުރެ ގިނަދުވަސްވީ މުސްލިމުންގެ ޚާއްޞަ އާސާރީ ބިނާއެއް

އިންޑިއާގެ މެހެރޯލީގެ އަޚުންދްޖީ މިސްކިތް ހުރި ބިމުގައި ހިޔަރަކާތް ވިލޭރޭ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްޞަ އިޙްތިފާލުތައް ބޭއްވުމުގެ ހުއްދަނުދޭން ދިއްލީ ހައިކޯޓުން ނިންމައިފިއެވެ.

ކޮންމެ ޝައުބާން މަހެއްގެ 15 ވިލޭރެއަކީ ދެކުނުއޭޝިއާގެ ބައެއް ގައުމުތަކުގައި މުސްލިމުން ވަރަށް ކުލަގަދަކޮށް "ހިޔަރަކާތް" ވިލޭރޭގެ ނަމުގައި ފާހަގަކުރާ ރެއެކެވެ. ނަމަވެސް ފަހުގެ ބައެއް މަޝްހޫރު މުސްލިމް ޢިލްމްވެރިންގެ އަރިހުގައި އެގޮތަށް އެރޭ ފާހަގަކުރުމަކީ ބިދުޢައެކެވެ.

ދިއްލީ ވަޤްފް ބޯޑުގެ މެނޭޖިން ކޮމިޓީން ހުށަހެޅި އެޕްލިކޭޝަނަކާ ގުޅިގެން ހައިކޯޓްގެ ފަނޑިޔާރު ޕުރުޝައިންދުރަ ކުމާރު ކައުރަވް ވިދާޅުވީ، ދިއްލީ ޑިވެލޮޕްމަންޓް އޮތޯރިޓީ (ޑީޑީއޭ) ގެ ބެލުމުގެ ދަށުގައި މިހާރު އޮތް އެ ބިމުގެ ހާލަތު ބެލުމަށް ކޯޓުން އަންގާފައިވާ ކަމަށެވެ.

މި އެޕްލިކޭޝަނަކީ 600 އަހަރުވީ އެ މިސްކިތް އިންޑިއާ ސަރުކާރުން ތަޅާލުމުގެ މައްސަލައާ ގުޅިގެން ކޮމިޓީން ހުށަހެޅި ޕެޓިޝަނެއްގެ ބައެކެވެ.

ފަނޑިޔާރު ކައުރަވް ފާހަގަކުރެއްވި ގޮތުގައި އެކި ފަހަރު މަތިން ކޯޓުގައި އަޑުއެހުންތައް ކުރިއަށް ގެންގޮސް އެ މައްސަލައިގެ އެންމެ ފަހުގެ ހުކުމް އިއްވުމަށް މި މަހުގެ ހަތް ވަނަ ދުވަހު ލިސްޓުކޮށްފައިވާ ކަމަށެވެ.

"މި މަރުހަލާގައި ކޯޓުން އެއްވެސް އިރުޝާދެއް ދޭން ޝައުގުވެރިއެއް ނުވޭ. އެ އެޕްލިކޭޝަން ބާތިލްކުރަނީ،" ކޯޓުން އަމުރު ކުރި އެވެ.

600 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ބެލެވޭ "އަޚުންދްޖީ މިސްކިތް" އާއި އެތަނުގައި ހުރި ބެހްރުލް އުލޫމް މަދްރަސާއަކީ ސަންޖޭ ވަންގައި ގާނޫނާ ހިލާފަށް ހަދާފައިވާ ބިނާތަކެއްގެ ގޮތުގައި ކަނޑައަޅައި ޑީޑީއޭ އިން މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ވަނީ ތަޅާލައިފައެވެ.

މައްސަލަ ހުށަހެޅުއްވި ފަރާތުގެ ވަކީލް ވިދާޅުވީ މިމަހުގެ ފަހުކޮޅު ހިޔަރަކާތް ވިލޭރޭގެ މުނާސަބަތުގައި ކައިރީގައި އޮންނަ ގަބުރުސްތާނުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މިސްކިތަކީ އެތައް ސަތޭކަ އަހަރެއް ވެފައިވާ މިސްކިތެއް ކަމަށާއި ފާއިތުވި އެތައް އަހަރެއް ވަންދެން އެތަނުގައި ނަމާދު ކުރަމުން އަންނަ ކަމަށެވެ. އަދި އެތަނުގައި "އެކްޓިވް ގަބުރުސްތާނެއް" ވެސް ހުރި ކަމަށާއި އެ ގަބުރުސްތާނަކީ މުސްލިމުން ބޭނުންކުރި ގަބުރުސްތާނެއް ކަމަށް ވަކީލް ކޯޓުގައި ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ހައި ކޯޓުން ވަނީ ކުރިން މިސްކިތް ހުރި ތަނުގެ ހާލަތު ބެލުމަށް ޑީޑީއޭއަށް އަންގާފައެވެ.

މައްސަލަ ހުށަހެޅި ކޮމިޓީން ވަނީ މިސްކިތް ތަޅާލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ބުނެފައެވެ.

އިންޑިއާގެ މައިނޯރިޓީ މުސްލިމުންނަށް ސަރުކާރުންނާއި، ފުލުހުންގެ ފަރާތުން ތަފާތު ދުއްތުރާތައް ދެމުން އަންނައިރު، ދާދިފަހުންވަނީ މުސްލިމުންގެ މިސްކިތްތަކާއި، މަދުރާސަތަކަކީ ގަވާއިދާ ޚިލާފަށް އިމާރާތްކޮށްފައިވަ ތަންތަން ކަމަށްބުނެ އެފަދަ ގިނަތަންތަން ސަރުކާރުގެ ފަރާތުން ތަޅާ ބިންސާފުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި