Advertisement
ކ. މާލެ
|
2 އޯގަސްޓް 2017 | ބުދަ 18:33
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
ޕީޕަލް މެގަޒިން
އަލީ ހުސައިން
ފުލުހުންގެ އެހީތެރިކަމާއެކީ 24 ވަނަ ދުވަހު މަޖިލީހަށް ވަނީ : އަލީ ހުސެއިން
ފުލުހުން މަޖިލިސް މެމްބަރުންނަށް މަޖިލީސް އިދާރާ ތެރެއަށް ވަދެވަޑައިގަތުމަށް ހުރަސް އަޅުއްވާފައެއް ނުވޭ
ކުރައްވާފައިވާ ތުހުމަތުތަކަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މައްސަލަ ތަހްގީގް ކުރައްވަން ފުލުހުން ކައިރީ ވިދާޅުވުމުން ކުރައްވާ ތުހުމަތުތަކެއް
އަނިޔާވެރި ވެރިކަމެއް ނިމިގެންދާއިރު ފެނިގެންދާ ހުރިހާ ކަމެއް މިސަރުކާރުން ފެނިގެންދޭ

ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލި މައްސަލައިގައި ފުލުސް އޮފީހަށް ބުދަ ދުވަހު ހާޒިރުމާއި ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން، ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވީ ޖުލައި 24 ވަނަ ދުވަހު ފުލުހުންގެ އެހީތެރިކަމާއިއެކީ މަޖިލީހަށް މެމްބަރުން ވަދެވަޑައިގަތް ކަމަށާއި ފުލުހުން މަޖިލިސް މެމްބަރުންނަށް މަޖިލީސް އިދާރާ ތެރެއަށް ވަދެވަޑައިގަތުމަށް ހުރަސް އަޅުއްވާފައި ނުވާ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ ފުލުސް އޮފީހަށް  މިއަދު ހާޒިރު ކުރުމުން، އެބޭފުޅާ ވަކީލެއްގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވާ ކަމަށާއި މައްސަލަ ތަހްގީގް ކުރައްވާތީ އުފާ ކުރައްވާ ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވީ ފުލުހުން އެބޭފުޅާއަށް ކުރައްވާފައިވާ  ތުހުމަތުތަކަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މައްސަލަ ތަހްގީގް ކުރައްވަން ފުލުހުން ކައިރީ ވިދާޅުވުމުން ކުރައްވާ  ތުހުމަތުތަކެއް ކަމަށާއި މަޖިލީސް ތެރެއަށް 24 ވަނަ ދުވަހު ވަތް އެސްއޯ ފުލުހުންނާއި ސިފައިންގެ ބަޔާން މި މައްސަލާގައި ނެގުން މުހިންމުކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީސް މެމްބަރުންނަށް ކޮށްފައިވާ  ދަޢުވާތަކަކީ  އެއްވެސް ބުރަދަނެއް ހުރި ދަޢުވާތަކެއް ނޫން ކަމަށާއި 24 ވަނަ ދުވަހު ފުލުހުން ރައްޔިތުން މަޖިލީހުގެ މެމްބަރުން މާފަންނު ކުނޫޒްކައިރިން ދޫކޮށްލާފައިވާ ކަމަށާއި މެމްބަރުން މަޖިލީހަށް ވަދެވަޑައިގަތުމަށްޓަކައި 24 ވަނަ ދުވަހު ފުލުހުން ހުރަސް އަޅުއްވާފައިނުވާ ކަމަށެވެ.

"ހަޤީޤަތުގައި 24 ވަނަ ދުވަހު ހިނގާދިޔަ ހާދިސާއަކީ މި ޤައުމުގެ ޑިމޮކްރޮޓިކް ތާރީޙުގައި ޑިމޮކްރޮސީ އަށް ދެވުނު އެންމެ ބޮޑު ހަމަލާ. އަދި ހިންގުނު އެންމެ ބޮޑު ޖަރީމާ" އަލީ ހުސެއިން ވިދާޅުވިއެވެ.

އަނިޔާވެރި ވެރިކަމެއް ނިމިގެންދާއިރު ފެނިގެންދާ ހުރިހާ ކަމެއް މިސަރުކާރުން ފެނިގެންދާ ކަމަށާއި ދިވެހި ހުރިހާ ރައްޔިތުން ވެސް މަޖިލީސް މެމްބަރުންގެ ދިފާއުގައި ނިކުމެވަޑައިގެން، މި އަނިޔާވެރިކަމާއި ދެކޮޅަށް ނުކުމެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

 

  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް