ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 22:20
ކޮނޑޭ ޕޮލިސް ޕޯސްޓް ހުޅުވަނީ، މިތަނަކީ 8 މާޗް 2023 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކޮށް މިދިޔަ ސަރުކާރުން ބަޔަކާއި ހަވާލުކުރި މަސައްކަތެއް
ކޮނޑޭ ޕޮލިސް ޕޯސްޓް ހުޅުވަނީ، މިތަނަކީ 8 މާޗް 2023 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކޮށް މިދިޔަ ސަރުކާރުން ބަޔަކާއި ހަވާލުކުރި މަސައްކަތެއް
ޕޮލިސް
ޕޮލިސް ޕޯސްޓްތައް
މިދިޔަ ސަރުކާރުން ގާއިމްކުރަން ފެށި ޕޮލިސް ޕޯސްޓްތައް ހުޅުވައި ހަފްތާ 14ގެ ވައުދެއް ފުރިހަމަކުރިކަމަށް ބުނެފި
 
ހަފްތާ 14 ގައި ހިމަނައިގެން ހުޅުވި ތަންތަނަކީ މިދިޔަ އަހަރު މަސައްކަތް ކުރަން ފެށިފައި ހުރި ތަންތަން

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ގާއިމްކުރަން ފެށި ޕޮލިސް ޕޯސްޓްތައް ހުޅުވައި ހަފްތާ 14ގެ ވައުދެއް ފުރިހަމަކުރިކަމަށް މި ސަރުކާރުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ ހަބަރުގައި ބުނެފައިވަނީ ސަރުކާރުގެ ހަފުތާ 14 އިގެ ދަށުން ހުޅުވަން ހަމަޖެހިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައިވާ ކަމަށެވެ. އެ ހަބަރުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން މި އަހަރުގެ މިހާތަނަށް ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައިވަނީ ހއ. ފިއްލަދޫ، ހދ. ކުރިނބި، ހދ. ނެއްލައިދޫ، ށ. ޅައިމަގު، ނ. ޅޮހި، ނ. ހެނބަދޫ، ނ. މާޅެންދޫ، ނ. މިލަދޫ، ބ. މާޅޮސް، ބ. ކިހާދޫ، ބ. ކުޑަރިކިލު، ބ. ހިތާދޫ،  ވ. ތިނަދޫ އަދި ވ. ފުލިދޫ، ދ. ހުޅުދެލި، ތ. ވަންދޫ، ތ. ގާދިއްފުށި، ލ. މާބައިދޫ، ގއ. ކޮނޑޭ ގައެވެ.

ނަމަވެސް މި މަސައްކަތަކީ ކޮވިޑްގެ ތެރެއިން ފެށިގެން ކުރީ ސަރުކާރުން ކުރަމުން އައި ކަމެކެވެ. އަދި ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިމަނައިގެން އާބާދީތައް ކުދި ރަށްރަށުގައި ޕޮލިސް ޕޯސްޓް ގާއިމްކުރުމާއި، ބޮޑެތި ރަށްރަށުގައި ޕޮލިސް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވެއެވެ.

އެގޮތުން ހަފްތާ 14 ގައި ހިމެނިގެން ހުޅުވި ޕޮލިސް ޕޯސްޓުގެ ތެރެއިން ގއ. ކޮނޑޭ ޕޮލިސް ޕޯސްޓް ހިންގަން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން 8 މާޗް 2023 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރިއެވެ. އަދި ބީލަން ހުޅުވާ ބީލަން ކާމިޔާބު ކުރި ފަރާތާއި އެތަން ހަވާލުކުރިއެވެ.

މީގެ އިތުރުން ހަފްތާ 14 ގައި ހިމެނޭ ޕޮލިސް ޕޯސްޓުތަކުގެ ތެރެއިން، ބައެއް ޕޮލިސް ޕޯސްޓް ގާއިމްކުރުމަށް ބޭނުންވާ އިމާރާތް ކުއްޔަށް ހިފުމަށް އިއުލާން ކުރެވުނު ތާރީހުތައް:

ވ. ފުލިދޫ - 11 މެއި 2023 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

ނ. ހެނބަދޫ - 24 އެޕްރީލް 2023 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

ބ. ކިހާދޫ - 11 ޖެނުއަރީ 2023 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

ނ. މިލަދޫ - 9 ޖެނުއަރީ 2023 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

ނ. މާޅެންދޫ - 15 ޑިސެމްބަރު 2022 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

ބ. ކުޑަރިކިލު - 12 ޑިސެމްބަރު 2022 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

ބ. މާޅޮސް - 14 ނޮވެމްބަރު 2022 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

ދ. ހުޅުދެލި - 4 އެޕްރީލް 2023 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

ށ. ޅައިމަގު - 11 އެޕްރީލް 2022 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

ގއ. ކޮނޑޭ - 8 މާޗް 2023 ގައި އިމާރާތެއް ކުއްޔަށް ނެގުމަށް އިއުލާންކުރި

މީގެ އިތުރުން ބައެއް ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާފައިވާއިރު، ބައެއް ޕޮލިސް ސްޓޭޝަންތަކުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން