ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 18:13
އާސަންދަ
އާސަންދަ
އާސަންދަ
އާސަންދަމެދުވެރިކޮށް އައިޔޫއައި އަދި އައީވީއެފްގެ
އައިޔޫއައި އަދި އައީވީއެފްގެ އުސޫލްތައް އާއްމުކޮށް، އަންނަ މާރޗް މަހު ޚިދުމަތް ފަށަނީ
އުސޫލު މިހާރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވަނީ އާއްމުކޮށްފަ
ޚިދުމަތަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެ އުސޫލެއްވެސް ވަނީ އެކުލަވާލާފަ

އައިޔޫއައި އަދި އައީވީއެފްގެ އުސޫލްތައް އާއްމުކޮށް، އަންނަ މާރޗް މަހު ޚިދުމަތް ފަށާނެކަން ސަރުކާރުން އިއުލާންކޮށްފިއެވެ.

ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައިޔޫއައި އަދި އައީވީއެފްގެ ފަރުވާތައް އާސަންދަ ހެލްތު ސްކީމުގެ ތެެރޭގައި ހިމަނާ އެއާއި ގުޅޭ އުސޫލު މިހާރު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ވަނީ އާއްމުކޮށްފައެވެ.

އާއްމުކޮށްފައިވާ އުސޫލުގައި ބުނެފަިއ ވަނީ އާސަންދަ މެދުވެރިކޮށް އެ ފަރުވާ ލިބޭނީ 2 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އެ އުސޫލުގައި ބުނެފައި ވަނީ އައިޔޫއައި ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނީ ތިން ފަހަރުކަމަށް ވަނީ ބުނެފައެވެ. އެންސްޕާއިން ބުނީ މި އުސޫލު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ވެސް ގަރުވާ ލިބެނެ ކަމަށެވެ.

އައިވީއެފް މެދުވެރިކޮށް ފަރުވާ ބޭނުންވެގެން އެދޭ މީހުންގެ ދަރިއެއް ދުނިޔޭގައި ހުރެގެން ނުވާނެއެވެ. އަދި ޚިދުމަތަށް އެދޭ ދެމީހުންގެ ކައިވެންޏަށް ތިން އަހަރުވެފައިވުމާއި، އަމިއްލަ ހަރަދުގައި އައިވީއެފްގެ ތިން ސައިކަލް ފުރިހަމަކޮށްފައި ނުވުމާއި، ދެމަފިރިން ކުރެ އެއްވެސް ފަރާތަކުން ދަރިމައިނުވާ އޮޕަރޭޝަން ކޮށްފައި ނުވުން ޝަރުތުތަކުގެ ތެރޭގަި ހިމެނެއެވެ. މީގެ އިތުރުން އެހީއަށް އެދޭ އަންހެން މީހާގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) 19-30 ދެމެދު ހުރުން އަދި ފަރުވާއަށް އެދޭ އެކަކުގެ މައްޗަށް ވެސް މިދިޔަ ތިން އަހަރު ޖިނާއީ ކުށެއް ސާބިތުވެފައި ނެތުމުގެ އިތުރުން އެހީއަށް އެދުމުގެ ހަ މަސް ކުރިން ދެމަފިރިން ދުންފަތުގެ އިސްތިއުމާލު ހުއްޓާލާފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޚިދުމަތަށް އެދޭ މީހުންނަށް ޕޮއިންޓް ދޭނެ އުސޫލެއްވެސް ވަނީ އެކުލަވާލާފައެވެ.

- ކޮމެންޓް