ކ. މާލެ
|
23 ފެބްރުއަރީ 2024 | ހުކުރު 14:13
ދަނޑުވެރިކަމުގެ އެންމެ ކުޑަ އަގު ހޯދުމަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން ދަނޑުވެރިއަކު ފޯނުން ވާހަކަ ދައްކަނީ
ދަނޑުވެރިކަމުގެ އެންމެ ކުޑަ އަގު ހޯދުމަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން ދަނޑުވެރިއަކު ފޯނުން ވާހަކަ ދައްކަނީ
ރޮއިޓާސް
އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާ
މުޒާހަރާ ކުރާ ދަނޑުވެރިން މަޝްވަރާކުރުމަށް ނިއު ދިއްލީން އިލްތިމާސްކޮށްފި
 
ފުލުހުން ރަބަރު ބުލެޓާއި ކަރުނަ ގޭހުން ހަމަލާދޭ ކަމަށް ދަނޑުވެރިން ތުހުމަތުކުރޭ

އިންޑިއާގެ ދަނޑުވެރިންގެ އުފެއްދުންތަކަށް އެންމެ ކުޑަ އަގެއް ކަނޑައެޅުމަށް ގޮވާލާ އެތައް ހާސް ދަނޑުވެރިންނެއް އިންޑިއާގެ ވެރިރަށުގައި މުޒަހާރާ ކުރަމުންދާއިރު، މުޒާހަރާ ކުރާ ދަނޑުވެރިން މަޝްވަރާ ކުރުމަށް ސަރުކާރުން އިލްތިމާސްކޮށްފިއެވެ.

އިންޑިޔާގެ ފުޑް ސެކްރެޓަރީ ސަންޖީވް ޗޯޕްޅާ ބުރާސްފަތި ދުވަހު ވިދާޅުވީ، އިންޑިއާ ސަރުކާރުން އުއްމީދު ކުރަނީ މާޗް މަހުގެ ކުރިން ދަނޑުވެރިންގެ މައްސަލަތަކަށް ހައްލެއް އަންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ދިއްލީގެ ދަނޑުވެރިންގެ ޖަމާއަތްތަކުން މިހާރު ކުރަމުންދާ މުޒާހަރާތަކަށް އަލިއަޅުއްވާލައްވަމުން އޮފިޝަލް ވިދާޅުވީ، ދަނޑުވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ އެމީހުންގެ އުފެއްދުންތަކަށް އެންމެ ކުޑަ އަގެއް ކަނޑައެޅުން ކަމަށެވެ. އަދި މުޒާހަރާތައް ކުރިއަށް ގެންދަން މެދުވެރިވި ސަބަބަކީ "ކޮމިއުނިކޭޝަން ގެޕެއް" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިންގެ ހަޅުތާލުގެ ލީޑަރުން ސަރުކާރުގެ މަންދޫބުންނާ އެކު ހަތަރު ބުރުގެ މަޝްވަރާތަކެއް ބޭއްވި ނަމަވެސް އެ މީހުންގެ ޑިމާންޑްތަކަށް ހައްލެއް ނުލިބޭ ކަމަށް ދަނީ ބުނަމުންނެވެ. އިންޑިއާގެ އެގްރިކަލްޗަރ މިނިސްޓަރު އަރްޖުން މުންޑާ ވަނީ ދަނޑުވެރިންގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.

މިދިޔަ ހަފުތާގައި އެތައް ހާސް ދަނޑުވެރިންނެއް ނިއު ދިއްލީއާ ދިމާލަށް ހިނގާލުން ފެށި ނަމަވެސް ވެރިރަށް ނިއު ދިއްލީއާ ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އެ މީހުން ވަނީ ހުއްޓުވާފައެވެ. ޕަންޖާބު-ހަރްޔާނާ ބޯޑަރު ސަރަހައްދުގައި ފުލުހުންނާ އެކު އަނެއްކާވެސް ކުރިމަތިލުންތަކެއް ހިނގައި ބުދަ ދުވަހު މުޒާހަރާގެ ބައިވެރިއަކު މަރުވުމާ ގުޅިގެން މުޒާހަރާ ދެ ދުވަހަށް މެދުކަނޑާލި އެވެ. ހަރްޔާނާ ފުލުހުންނާ މުޒާހަރާގެ ބައިވެރިން ކުރިމަތިލުމުގެ ސަބަބުން އުމުރުން 22 އަހަރުގެ ދަނޑުވެރިއެއް ކަމަށްވާ ސުބްކަރަން ސިންގް މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ފުލުހުން ރަބަރު ބުލެޓާއި ކަރުނަ ގޭހުން ހަމަލާދޭ ކަމަށް ދަނޑުވެރިން ތުހުމަތު ކުރާއިރު، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދިނީ ދަނޑުވެރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ދަނޑުވެރިންގެ ލާބައާއި މަންފާއާ ގުޅުންހުރި "ކޮންމެ އަޒުމެއް" ފުއްދުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. މިހާރު ކުރިއަށްދާ މުޒާހަރާގެ ވާހަކަ ސީދާ އޭނާ ފާހަގަ ކޮށްފައި ނުވި ނަމަވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ފާހަގަކުރެއްވީ ހަނޑޫ މިލްތަކުން ހަނޑޫ އަށް ދައްކަން ޖެހޭ ފްލޯ އަގު 8 ޕަސެންޓް ބޮޑުމަށެވެ.

އޭގެ ފަހުން އޭނާގެ އުފަން ސްޓޭޓް ގުޖުރާތުގައި ބޭއްވި އާންމު ޖަލްސާއެއްގައި މޯދީ ވިދާޅުވީ ކުދި ދަނޑުވެރިންނަކީ "ވިޔަފާރިވެރިންނާއި އެކްސްޕޯޓްކުރާ ފަރާތްތަކަކަށް" ހެދުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށެވެ. މި އަހަރުގެ ފަހުކޮޅު ބާއްވާ ގައުމީ އިންތިހާބުގައި މޯދީ ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން ހަމަޖެހިފައިވާއިރު ދަނޑުވެރިން ފެންނަނީ ބޮޑު ވޯޓިން ބްލޮކެއްގެ ގޮތުގައެވެ.

މިހާރު ކުރިއަށްދާ މުޒާހަރާއަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ދަނޑުވެރިންގެ ބޮޑު މުޒާހަރާއެއް ބާއްވާ ދެވަނަ ފަހަރެވެ. 2020-2021 ވަނަ އަހަރު ދަނޑުވެރިން ވަނީ ދަނޑުވެރިކަމުގެ ބާޒާރުތައް ޑިރެގިއުލޭޓްކޮށް ޕްރައިވެޓް ސެކްޓާއަށް ހުޅުވާލުމުގެ ބިލުތަކާ ދެކޮޅަށް އަޑުއުފުލާފައެވެ. އެންމެ ފަހުން އެ ގާނޫނުތައް ވަނީ އަނބުރާ ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި