ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 18:03
ޑީސީޕީން އައްޔަނުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޑީސީޕީން އައްޔަނުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް މީޑިޔާ
ފުލުހުންގެ ޚިދުމަތް
ޑެޕިއުޓީ ކޮމިޝަނަރުން ކަމަށް ފަރުހާދާއި ނަވީން އައްޔަނުކޮށްފި
 
ޑީސީޕީގެ މަގާމަކީ ނައިބު ވަޒީރުންގެ ފެންވަރުގެ މަގާމެއް

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ޑީސީޕީ)ގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ތިއްބެވި އިސްމާއިލް ނަވީންއާއި ފަރުހާދު ފިކުރީ އައްޔަނުކުރައްވައިފިއެވެ.

މި ދެބޭފުޅުން މަގާމަށް އައްޔަނުކޮށް، މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ ހުކުރު ދުވަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެ ދެބޭފުޅުން މަގާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ދެއްވީ ހޯމްލޭންޑް އެންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާންއެވެ.

ޑީސީޕީގެ މަގާމަކީ ނައިބު ވަޒީރުންގެ ފެންވަރުގެ މަގާމަކަށް ވާއިރު، މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން، ފަރުހާދު ހުންނެވީ ހެޑް އޮފް އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑް އަދި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޑިން ހެޑްގެ މަގާމުގައެވެ. އަދި ފަރުހާދު ވަނީ ނިމުނު ސަރުކާރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން، ވަގުތީ ގޮތުން ޕޮލިސް ކޮމިޝަނަރުކަން ވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުން، ސީޕީގެ މަގާމު ހުސްވުމާ ގުޅިގެން އޭގެ ފަހުން ޕޮލިސް ކޮމިޝަރުކަމަށް އައްޔަނުކުރުމަށް ހުޅުވުނު ފުރުސަތުގައި، އޭސީޕީއަކަށް އައްޔަނުކުރެވުނު ނަވީން ވަނީ އެ މަގާމަށް ކުރިމަތިލައްވައިފައެވެ. އެހެން ނަމަވެސް ޕޮލިސް ކޮމިޝަނަރުކަމަށް އައްޔަނުކުރެއްވުނީ މިހާރުގެ ސީޕީ، އަލީ ޝުޖާއުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
މޫސުން ގޯސް: ކޮންސްޓްރަކްޝަން ސައިޓްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން