ކ. މާލެ
|
12 ފެބްރުއަރީ 2024 | ހޯމަ 13:17
އެމްޑީޕީ މެމްބަރުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯރމް ހުށަހެޅުން
އެމްޑީޕީ މެމްބަރުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ފޯރމް ހުށަހެޅުން
ޕޮސިސްޓް
މަޖިލިސް އިންތިޚާބު 2024
މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ފޯމް ހުށަހަޅައިފި
 
ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވާފަވޭ
 
އެމްޑީޕީން މަޖިލީހުގެ 89 ދާއިރާއަށް ވާދަކުރޭ
 
އެ މެމްބަރުން ފޯމް ހުށަހެޅުއްވީ ހޯމަ ދުވަހު

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓުން، އިންތިޚާބަށް ކުރިމަތިލުމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅުއްވައިފިއެވެ.

އެ މެމްބަރުން ފޯމް ހުށަހެޅުއްވީ ހޯމަ ދުވަހުއެވެ. އެމްޑީޕީން މަޖިލީހުގެ 89 ދާއިރާއަށް ވާދަކުރާ އިރު އެ ޕާޓީން ވަނީ 40 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައެވެ. ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފައެވެ. 3 ފެބްރުއަރީގައި ބޭއްވި ޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރިއެވެ. މި ޕްރައިމަރީގައި 25،325 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބުނު އިރު މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓަށް އެއް ކެނޑިޑޭޓަކަށް ވުރެ ގިނަ ކެނޑިޑޭޓުން ކުރިމަތިލި ދާއިރާތަކުގެ ޓިކެޓް ދީފައި ވަނީ ޕްރައިމަރީ އަށް ފަހުގައެވެ.

އެމްޑީޕީން ފާހަގަކުރާ ގޮތުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ދައުރު ވަރަށް މުހިންމެވެ. އަދި ޖަވާބުދާރީ ވާން ރަނގަޅު ފުރުސަތެއް ނެތް ނަމަ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ފުރުސަތު ގެއްލި ސަރުކާރުން ބޭނުން ގޮތަކަށް ޤާނޫނާއި ޤާނޫނު އަސާސީ އާއި ޚިލާފަށް ކަންކަން ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންތައްތަކެއް ހިމެނޭ ކާބޯތަކެއްޗާ ބެހޭ ބިލު ފާސްކޮށްފި
20 ވަނަ މަޖިލީހަށް އިންތިހާބުވި އެމްޑީޕީގެ މެންބަރުންނާ ރައީސް ޞާލިހު ބައްދަލުކުރައްވައިފި