ކ. މާލެ
|
9 ފެބްރުއަރީ 2024 | ހުކުރު 13:17
ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން
ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން
ބީއެމްއެލް
ތެލެސީމިއާ ބޭސް ފާމަސީތަކުން ނެގުން
ތެލަސީމިއާ ބޭސް ފާމަސީތަކުން ނަގާގޮތަށް ގެނައި ބަދަލާއި ގުޅިގެން ތެލަސީމިއާ ކޮމިއުނިޓީ މަޖިލީހަށް ހާޒިރުކުރަނީ
 
ކުރިން ޑޮކްޓަރަށް ދެއްކުމަށް ފަހު އެއް ފަންގިފިލާއަކުން ތެލެސީމިއާ ހުންނަ ފަރާތްތަކަށް ބޭސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައި
 
ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ބޭސް ފާއިތުވި 30 އަހަރު ފޯރުކޮށްދީފައި ވަނީ ހަމައެކަނި އެމްބީއެސް މެދުވެރިކޮށް

ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ޑެސްފަރޯލާއި ބޭސް ފޯރުކޮށްދިނުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން އެސްޓީއޯ ހަވާލުކޮށްފައިވާތީ އެފަދަ ބަދަލެއް ގެނައި ސަބަބު ސާފުކުރުމަށް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ބަލަން ފަށައިފިއެވެ.

އެ މައްސލަަ ބަލަން ފެށީ ބުރާސްފަތި ދުވަހުއެވެ. ތެލެސީމިއާ ހުންނަ މީހުންނަށް ބޭނުންވާ ބޭސް ފާއިތުވި 30 އަހަރު ފޯރުކޮށްދީފައި ވަނީ ހަމައެކަނި އެމްބީއެސް މެދުވެރިކޮށެވެ. އޭރު ޑޮކްޓަރަށް ދެއްކުމަށް ފަހު އެއް ފަންގިފިލާއަކުން ތެލެސީމިއާ ހުންނަ ފަރާތްތަކަށް ބޭސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާދީފައެވެ. އެހެންނަމަވެސް، އެކަން މި ސަރުކާރުން ބަދަލުކުރީ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ ނިންމުން ބަދަލުކޮށްފައި ވަނީ ކުރިން ހަމަޖެހިފައިވާ އިންތިޒާމްތަކަށް ވުރެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަދިނުމުގެ ގޮތުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެ ބަދަލާ މެދު ހިތްހަމަނުޖެހިގެން ތެލެސީމިއާ ހުންނަ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޖިލީހުން ނިންމާފައި ވަނީ ތެލަސީމިއާ ކޮމިއުނިޓީގެ މީހުން ކޮމިޓީއަށް ހާޒިރުކޮށްގެން އެކަމާއި ގުޅުން ހުރި ތަފްސީލީ މައުލޫމާތު ކޮމިޓީ އަށް ހޯދުމަށެވެ. އެއީ މިކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ތެލަސީމިއާ ކޮމިއުނިޓީގެ ފަރާތުން މަޖިލީހާއި ހިއްސާކޮށްފައިވާތީއެވެ. އެހެންކަމުން މިކަމާއި ގުޅޭގޮތުން އަންނަ ހަފްތާގައި ކޮމިޓީ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބެލެވެއެވެ.

މީސްމީޑިއާގައި ވެސް ތެލެސީމިއާ އަށް ފަރުވާ ހޯދާ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ މީހުން ބުނާ ގޮތުން މިހާރު ބޭސް ހޯދުމުގެ އިންތިޒާމްތައް ވަރަށް ދައްޗެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސް ސިޓީ ހިފައިގެން ފާމަސީއަށް ގޮސް ކިއުގައި ޖެހެން ޖެހުމުގެ ސަބަބުން އެކަމަށް ގިނަ ވަގުތުތަކެއް ހޭދަވާކަމަށް އެފަދަ ފަރާތްތަކުން ފާހަގަކުރެއެވެ. ތެލެސީމިއާ ބޭސް ބޭނުން ވަނީ ހަމައެކަނި އެ ބައްޔަށް ފަރުވާ ބޭނުންވާ މީހުންނަށް ކަމަށް ވާއިރު، އާއްމު ފާމަސީ އިން އެ ބޭސް ފޯރުކޮށްދިނުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް