Advertisement
ކ. މާލެ
|
1 އޯގަސްޓް 2017 | އަންގާރަ 00:09
އަލިފާނުގެ ހާދިސާ ހިނގި ރައްޔިތުންގެ މަޖިލިސްގެ ފާޚާނާ
އަލިފާނުގެ ހާދިސާ ހިނގި ރައްޔިތުންގެ މަޖިލިސްގެ ފާޚާނާ
ރާއްޖެ އެމްވީ
ރައްޔިތުންެގެ މަޖިލިސް
މަޖިލީހުގެ ފާޚާނާގައި ރޯކޮށްލީ ގަސްތުގައިކަމަށް ބައެއް މެންބަރުން ބުނޭ!
މިއީ މަޖިލީސް ޖަލްސާތައް ނުބޭއްވުމަށް ޖެއްސެވި މަޅިއެއްތޯ މެންބަރުން ސުވާލުކުރެއްވި
މަޖިލިސް ފާޚާނާގައި ރޯވިޔަސް ޖަލްސާތައް ކުރިއަށް ނުގެންދެވޭވަރުގެ ގެއްލުމެއް އެތަނަށް ލިބިފައެއް ނެތް
މަޖިލިސް ފާޚާނާގައި ޤަސްތުގައި ބަޔަކު ރޯކޮށްލިކަމަށް ބެލެވޭ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފާޚާނާއެއްގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއާ އަކީ އަންގާރަ ދުވަހު ބާއްވަން ތާވަލްކުރި މަޖިލީހުގެ ޖަލްސާ ކެންސަލް ކުރުމަށްޓަކައި ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

މަޖިލިސް ފާޚާނައިގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފު ކުރެއްވި ޓްވީޓެއްގައި މިއީ މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަށް ޖެއްސެވި މަޅިއެއްތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

މަޖިލީހުގެ ފާޚާނާގައި ރޯވި ނަމަވެސް ޖަލްސާތައް ކުރިއަށް ނުގެންދެވޭވަރުގެ ގެއްލުމެއް އެތަނަށް ލިބިފައިނުވާކަން ފާހަގަކުރައްވާ މަޚްލޫފް ކުރެއްވި އިތުރު ޓުވީޓެއްގައި މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ދިވެހި ފުލުހުންނާއި ސިފައިން އެ ހާދިސާ ހިނގިއިރު ކޮބައިތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ފާޚާނައިގައި ޤަސްތުގައި ބަޔަކު ރޯކޮށްލިކަމަށް ބެލެވޭކަމަށާއި ދިވެހި ފުލުހުން އަވަހަށް މިކަން ބައްލަވަން ޖެހޭނެކަމަށެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވިދާޅުވީ، އަލިފާން ރޯވި ފާހާނާއަކީ މަޖިލީހުގެ ފިރިހެން މެމްބަރުން ބޭނުން ކުރައްވަމުން ގެންދަވާ ތަނެއް ކަމަށާއި ރޯވެފައިވަނީ ފާރުގައި ހަރުކޮށްފައި ހުރި ޓިޝޫ ކަރުދާސް އަޅާ އެއްޗެއްގައި ކަމަށެވެ. އަދި މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއްތޯ ސުވާލުކުރުމުން މޫސަ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށާއި ފުލުހުން މި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މޫސަ އިތުރަށް ވިދާޅުވެފައިވަނީ މިއީ ކަރަންޓުގެ މައްސަލައަކުން ހިނގި ކަމެއް ނޫންކަން ސްޓެލްކޯއިން ޔަގީންކޮށްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މަޖިލީހުގެ އިދާރާގެ ފާހާނާގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން ރިޕޯޓް ކޮށްފައި ވަނީ މިރޭ އިރުއޮއްސި 6:00 ހާއިރު ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއްނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް