ކ. މާލެ
|
29 ޖެނުއަރީ 2024 | ހޯމަ 18:14
ހަމާސްއާ ދެކޮޅަށް އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
ހަމާސްއާ ދެކޮޅަށް އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
ރޮއިޓާސް
ޣައްޒާގެ އެހީއަށް ހުރަސްއެޅުން
އިސްރާއީލުގެ މުޒާހަރާގެ ބައިވެރިން ޣައްޒާގެ އެހީއަށް ހަތަރުވަނަ ފަހަރަށް ހުރަސް އަޅައިފި
 
ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިންސާނީ އެހީ ޣައްޒާއަށް ވައްދަންވާނީ ވެއްދޭނެ އެންމެ ކުޑަ މިންވަރަކަށް ކަމަށް

ހަމާސްއާއި ދެކޮޅަށް އިސްރާއީލުގައި މުޒާހަރާ ކުރަމުންދާ އިސްރާއީލުގެ ރައްޔިތުން ޣައްޒާގެ އެހީއަށް ހަތަރުވަނަ ފަހަރަށް ހުރަސް އަޅައިފިއެވެ.

ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ އިސްރާއީލުގެ ރަހީނުންގެ އާއިލާގެ މެމްބަރުން ހިމެނޭ ގޮތަށް، އިސްރާއީލުގެ މުޒާހަރާގެ ބައިވެރިން އާދީއްތަ ދުވަހު ވަނީ ކަރަމް އަބޫ ސަލީމް ކްރޮސިން ބަންދުކޮށް، އިންސާނީ އެހީގެ ޓްރަކްތައް ޣައްޒާއަށް ވަނުމަށް ހަތަރުވަނަ ފަހަރަށް ހުރަސް އަޅާފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލަނީ އެއްވެސް އެހީއެއް ޣައްޒާއަށް ވަނުމުގެ ހުއްދަ ދިނުމުގެ ކުރިން، ހަމާސްއިން ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލުމަށެވެ.

އެންމެ ފަހުން ބުދަ ދުވަހަށްފަހު ފުރަތަމަ ފަހަރަށް ވަކިވަކި ޓްރަކްތަކަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ލިބުނެވެ. އެ ފުރުސަތު ލިބުނީ "ކަރަމް އަބޫ ސަލީމް ކްރޮސިންގ ބަންދުކޮށްގެން ނުވާނެ" ކަމަށާއި އިންސާނީ އެހީ އެއްވެސް ހުރަހެއް ނެތި ޣައްޒާއަށް ވަންނަން ޖެހޭނެ ކަމަށް ބައިޑަންގެ ސަރުކާރުން އިސްރާއީލަށް އަންގާފައި ވަނިކޮށެވެ.

ނަމަވެސް ހޮނިހިރު ދުވަހު ދިފާއީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އިންސާނީ އެހީ ޣައްޒާއަށް ވައްދަންވާނީ ވެއްދެން ހުރި އެންމެ ކުޑަ މިންވަރަކަށް ކަމަށާއި، އެހެން ނޫނީ މިޝަނާއި ހަނގުރާމައިގެ މަގުސަދުތައް ފުރިހަމަ ނުކުރެވޭނެ ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ 26،422 މީހުން ޝަހީދުކޮށްލާފައެވެ. ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުން ބުނާގޮތުގައި، އެ ސަރަހައްދުގެ އާބާދީގެ 85 ޕަސެންޓް މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

އިސްރާއީލުން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަން ބޮޑުވެ، ޣައްޒާގައި ތިބި ފަލަސްތީނު މީހުންނަށް އިންސާނީ ކާރިސާއެއް ވަނީ ކުރިމަތިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް